އަޅުކަމުގަ ސާބިތުވުމަށް ޞާލިޙް އެކުވެރިން ޚިޔާރުކުރަން ޖެހޭ ސަބަބު: މީހާ ވަނީ އެކުވެރިޔާގެ ދީންމަތީގައެވެ!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
އަޅުކަމުގަ ސާބިތުވުމަށް ޞާލިޙް އެކުވެރިން ޚިޔާރުކުރަން ޖެހޭ ސަބަބު: މީހާ ވަނީ އެކުވެރިޔާގެ ދީންމަތީގައެވެ!: ޙަދީޘް

އަޅުކަމުގައި ދެމިހުރެވޭނީ ހަވާ ނަފަސާއި ދެކޮޅަށް ޖިހާދު ކުރުމުގެ ކުޅަދާނަކަން ލިބިގެންފި މީހަކަށެވެ. އެއީ ކުރަން ވަރަށް އުނދަގޫ ކަމެކެވެ. އެހެނީ ދުނިޔޭގެ އުފާތަކަށް އަބަދުވެސް ހަވާ ނަފުސް ދާނީ އެދެމުންނެވެ. އަޅުކަން ކުރަން އުޅުމުން ކަންނެތް ވެވޭނެއެވެ. މިހާރު ދެން ފުދިދާނެ ކަމަށް ހިތަށް ވައްދުވާނެއެވެ. އަޅުކަމުގައި ސާބިތުވާން ބޭނުން މީހާ ޖެހޭނީ ހަވާ ނަފުސުގެ އެ އެދުންތަކާއި ދެކޮޅަށް ހަނގުރާމަކުރާށެވެ! 

ހަމަ އެއާއިއެކު އަޅުކަމުގައި ސާބިތުވުމަށްޓަކައި އެކަން މިންވަރު ކުރެއްވެވުން އެދި ގިނަގިނައިން ދުޢާކުރަން ވާނެއެވެ. ރަސޫލް (ޞޢވ) ވަނީ ސަޖިދައިގައި އޮންނަވައިގެން މިދުޢާ ގިނަގިނައިން ކުރައްވަވައިފައެވެ.  

 

"ހިތްތައް ފުރޮޅުއްވަވާ އިލާހް އެވެ. މިއަޅާގެ ހިތް ދީން މަތީގައި ސާބިތުކޮށް ދެއްވަވާނދޭވެ!" 

އަދި މިނޫންވެސް ގިނަ ދުޢާތަކެއް ރަސޫލް (ޞޢވ) ވަނީ ދަސްކޮށްދެއްވަވައިފައެވެ.  

ހަމަ އެއާއިއެކު އެކުގައި އުޅެން ހެޔޮލަފާ ރަނގަޅު މީހުން ޚިޔާރުކުރަންވާނެއެވެ. ހެޔޮ ލަފާ ރަނގަޅު މީހުންނާއިއެކުގައި އުޅޭނަމަ އެކަމުގެ އަސަރު އެމީހަކަށް ކުރާނެއެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ "މީހާ ވަނީ އެމީހާގެ އެކުވެރިޔާގެ ދީން މަތީގައެވެ." އަދި އެމީހާގެ އެކުވެރިންނަކީ ކޮންބައެއްކަން ބެލުމަށްވެސް ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.  

އެއިގެ މާނައަކީ މީހާ އުޅޭނީ އެމީހާހެ އެކުވެރިޔާ އުޅޭ ގޮތަކަށް ކަމެވެ. އެކުވެރިޔާއަކީ ނަމާދުކޮށް ހެޔޮ އަމަލުތައް ކުރާ މީހަކު ނަމަ އެމީހަކު އޮޓޮމެޓިކުން ދާނީ އެމަގަށް ކަމެވެ.

ކީރިތި ޤްރްއާނުގައި އެތައް ބައިވަރު ނަބީބޭކަލުންގެ ސާބިތުކަން ބަޔާންކުރައްވަވާފދައި އެވަނީ އެވާހަކަތަކުން ޢިބްރަތް ޙާޞިލުކުރުމަށެވެ. ވީމާ ތަޤްވާވެރިވާން އެދޭމީހާ ހުންނަން ޖެހޭނީ ކީރިތި ޤްރުއާނަށް ރުޖޫޢަވުންމަތީގައެވެ. މިވާހަތައް ބާވައިލައްވަވާފައިވަނީ ރަސޫލް (ޞޢވ)ގެ ހިތްޕުޅަށް ސާބިތުކަން ދެއްވެވުމަށް ކަމަށް ﷲ ތަޢާލާ ވަނީ ވަޙީކު ރައްވަވައިފައެވެ. ވީމާ އަޅުގަނޑުމެންގެ ހިތްތައް ސާބިތުކުރުމަށްޓަކައި ކީރިތި ޤްރުއާނުގައިވާ މިފަދަ ވާހަކަތައް ގިނަގިނައިން ކިޔައި ޢިބްރަތް ޙާޞިލުކުރާށެވެ. އަދި ޞަހާބީންގެ ބައިގްރަފީ ކިޔުމަކީވެސް ހަމަ ވަރަށް މުހިންމު ކަމެކެވެ.

ޚަބަރާއި ގުޅޭ އޯޑިއޯ: 

މިއަދު އޮންލައިން