ރަމަޟާން މަހަށްފަހުގައިވެސް ހެޔޮ އަމަލުކުރުންމަތީގައި ދެމިހުރެވުމަކީ ކުރި ޢަމަލުތައް ޤަބޫލުފުޅު ކުރެއްވެވި ކަމުގެ ހެއްކެއް!: ޝައިޚް އަނީލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ރަމަޟާން މަހަށްފަހުގައިވެސް ހެޔޮ އަމަލުކުރުންމަތީގައި ދެމިހުރެވުމަކީ ކުރި ޢަމަލުތައް ޤަބޫލުފުޅު ކުރެއްވެވި ކަމުގެ ހެއްކެއް!: ޝައިޚް އަނީލް

ބަރަކާތްތެރި ރަމަޟާން މަސް ނިމުމަށްފަހުގައިވެސް ރަމަޟާން މަހު ހެޔޮ އަމަލުތައް ކުރިފަދައިން ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުރެވުމަކީ ވެސް ރަމަޟާން މަހު ކުރި ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވި ކަމުގެ ހެއްކެކެވެ. އެއިގެ ތެރޭގައި ރަމަޟާން މަހު ފަދައިން އެމަހު ކުރި ހެޔޮ ޢަމަލުތައް ކުރަން ހިތްޖެހި، ކުރުމަށް ޝައުޤުވެރިކަން އުފެދި ޝައުޤުވެރިވުން ވެސް ހިމެނޭ ކަމަށް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ.   

މިސާލަކަށް ދަމު ނަމާދާއި އެހެންވެސް އަޅުކަމުގެ އިތުރުން މުޅި އަހަރު ދުވަސްތެރޭގައި ދައުވަތުދީގެން ގެއަށް ނުގެންނަވަރު ގިނަ އަދަދަކަށް ޢާއިލާގެ މީހުންނާއި އެހެން މީހުން ގެނެސްގެންވެސް ރޯދަވީއްލުންދިނުން ފަދަ ކަންކަން ކޮށްފީމުއެވެ. ރަމަޟާން މަސް ނިމުމުންވެސް އެ ގުޅުން ހަމަ އެގޮތަށް ދެމެހެއްޓުމަށް ޝައުޤުވެރިވެ އެކަން ކުރުން އެއީވެސް ޢަލާމާތެކެވެ. 

- ޝައިޚް މުޙައްމަދު އަނީލް 

ޝައިޚް އަނީލްގެ އޯޑިއޯ:

މިއަދު އޮންލައިން