7 އުޑާ އުޑުތަކުގައި ވާހައިތަކެއްޗަކާ ދުނިޔެއަށްވުރެ ﷲ ގެ ޙަޟަރަތުގައި ބުރަދަން ބޮޑު ކަލިމައަށް މިވަނީ އިހްމާލު ވެވިފަ: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
7 އުޑާ އުޑުތަކުގައި ވާހައިތަކެއްޗަކާ ދުނިޔެއަށްވުރެ ﷲ ގެ ޙަޟަރަތުގައި ބުރަދަން ބޮޑު ކަލިމައަށް މިވަނީ އިހްމާލު ވެވިފަ: ޝައިޚް މުޙައްމަދު ހޮބްލޮސް

7 އުޑާއި އުޑުތަކުގައިވާހައިތަކެއްޗަކާއި ދުނިޔެއަށްވުރެ ﷲ ތަޢާލާގެ ޙަޟަރަތުގައި ބުރަދަން ބޮޑު ކަލިމައަކީ  لَا إِلَهَ إِلَّا اللهُ އެވެ. ﷲ ތަޢާލާ ވަނީ މޫސާގެފާނަށް އެކަން ބަޔާންކޮށް ދެއްވަވައިފައެވެ. ވީމާ މިއީ އެއްވެސް ޝައްކެއް ކުރަން އޮތް ކަމެއް ނޫނެވެ. ނަމަވެސް އެކަން މީސްތަކުން މިއަދު ހަނދާނެއް ނެތެވެ. 

ދޫމައްޗަށް ކިހައި ފަސޭހަ ހެއްޔެވެ؟ އެކަމަށް ސަމާލުކަން ދޭ މީހަކަށް ދުވާލަކު އެތައް ހާސް ފަހަރު ކިޔައިލުމަކީ އެއްވެސް އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް އަހަރެމެން މިކުރާ ކަމަކީ ހަމަ ހުސް ވަގުތެއް ލިބޭ އިރަށް ނިދައިލުމެވެ. ތިމާއަށް އެއްވެސް ފައިދާއެއް ނުކުރާނެ ބޭކާރު ވާހަކަތައް ދެއްކުމެވެ. 

މިހައި ފަސޭހަކަމާއިއެކު މިހައި ގިނަ ސަވާބު ހޯދޭނެ މަގު ﷲ ތަޢާލާ ފަހިކޮށް ދެއްވަވާފައި މިވަނީ ހަމަ އަހަރެމެންނަށް ރަޙްމަތަކަށެވެ. ސުވަރުގެ އެދޭމީހާއަށް އެކަން މަގުފަހިކޮށް ދެއްވެވުމަށެވެ. ގިނަގިނައިން لَا إِلَهَ إِلَّا اللهُ ކިޔުންމަތީގައި ދެމިތިބޭށެވެ. އަދި މާނަ ހިތަށް ގެނައުންމަތީގައި ދެމިތިބޭށެވެ. 

لَا إِلَهَ إِلَّا اللهُ އަކީ މީހާ ނަރަކައިން ސަލާމަތްކޮށްދޭނެ އެންމެ ބާރުގަދަ ވަސީލަތެވެ. އީމާންކަން ވަރުގަދަކޮށްދީ ނަރަކަ އާއި މީހުން ދުރުކުރުވާނެ ބާރެވެ! އެންމެންވެސް ބޭނުންވެގެން މިއުޅެނީ ނަރަކައިން ސަލާމަތްވުން ނޫން ހެއްޔެވެ؟ ވީމާ ދުލުން އެންމެ ގިނައިން ކިޔާ ކަލިމައަކީ ކަމުގައި ހަދާށެވެ! އަބަދުކިޔާތީ ނުވަތަ އެންމެން ކިޔާތީ އެއީ އާދައިގެ ކަމެއް ކަމަށް ނުދެކޭށެވެ. އެއަށްވުރެ ވަކިން ޚާއްޞަ ކަމެއް ނެތެވެ. 

- ޝައިޚް މުޙައްމަދު ހޮބްލޮސް

 

މިއަދު އޮންލައިން