އިރާޤް މިލިއަނަރަކު 2 ދަރިންގެ މަންމަ އާ ކައިވެނިކުރަން ރަނަކަށް 8 މިލިއަން ޑޮލަރު ދެނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 27ސ
އިރާޤް މިލިއަނަރަކު 2 ދަރިންގެ މަންމަ އާ ކައިވެނިކުރަން ރަނަކަށް 8 މިލިއަން ޑޮލަރު ދެނީ!

އިރާޤް މިލިއަނަރަކު އުމުރުން 32 އަހަރުގެ 2 ދަރިންގެ މަންމަ އާ ކައިވެނިކުރަން ރަނަކަށް 8 މިލިއަން ޑޮލަރު ދޭން ނިންމައިފިއެވެ. ކޯޓުގެ ލިޔުންތައް ބުނާގޮތުން މީގެ ތެރެއިން 3 މިލިއަން ޑޮލަރު ދޭނީ ކައިވެނީގެ ކުރިންނެވެ. 5 މިލިއަން ޑޮލަރު ދޭނީ ކައިވެނީގެ ފަހުންނެވެ. 

35 އަހަރުގެ މިލިއަނަރު ވަނީ އޭނާގެ ދެ ދަރިންގެ ބެލެނިވެރިކަމާއިވެސް ޙަވާލުވެފައެވެ.

މިއީ ކައިވެނީގެ ރަނަކަށް އިރާޤްގައި މިހައިތަނަށް ދެވޭ އެންމެ ބޮޑު އަދަދެވެ. އިރާޤްގެ މުއްސަނދިންގެ ކައިވެނިތަކުގައި ރަނުގެ ގޮތުގައި ޢާންމުކޮށް ދެނީ 4000 ޑޮލަރާއި 8000 ޑޮލަރާއި ދެމެދުގެ އަދަދުތަކެވެ.

 

މިއަދު އޮންލައިން