ހޫތީން ސައުދިއަރިބިޔާގެ އެއާޕޯޓަކަށް ހަމަލާދީ ސައްބީސް މީހުން ޒަޚަމްކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ހޫތީން ސައުދިއަރިބިޔާގެ އެއާޕޯޓަކަށް ހަމަލާދީ ސައްބީސް މީހުން ޒަޚަމްކޮށްލައިފި

ޔަމަނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހޫތީ ހަނގުރާމަވެރިން މިއަދު ހެނދުނު ސައުދިއަރަބިޔާގެ އަބްހަ އިންޓަރނޭޝަނަލް އެއާޕޯޓަށް މިއަދު ހެނދުނު ދިން މިސައިލް ހަމަލާއެއްގައި 26 މީހަކު ޒަޚަމްވެފައިވާ ކަމަށް ސައުދީ ހޯމް މިނިސްޓްރީން ބުނެއެވެ. 

ހޯމް މިނިސްޓްރީން ބުނީ އަނިޔާވި މީހުންގެ ތެރޭގައި އެކި ޤައުމުތަކަށް ނިޞްބަތްވާ ޢާންމު ރައްޔިތުން ހިމެނޭ ކަމަށާއި 18 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނު ކަމަށެވެ. ހަމަލާ އާއި ގުޅިގެން އެއާޕޯޓުގެ މަސައްކަތް ހުއްތާލައި ބަނަދުކުރަން ޖެހުނެވެ. ނަމަވެސް ފަހުން ވަނީ އޮޕަރޭޝަންތައް ފަށައިފައެވެ. 

މި ހަމަލާ އާއި ގުޅިގެން އަރަބި ލީޑަރުން ގެންދަނީ އީރާށނާއި ހޫތީ ހަނގުރާމަވެރިން ކުށްވެރިކުރައްވަމުންނެވެ.  ޔޫއޭއީގެ ޚާރިޖީވަޒީރު ވިދާޅުވީ އީރާނުގެ ނުރައްކާތެރިކަން ޢަރަބި ޤައުމުތަކުގެ އިތުރުން ދުނިޔެއަށް ބޮޑުވަމުން އަންނަ ކަމަށެވެ.

މިއަދު އޮންލައިން