ބާރަށް ދުވެ ސަހަރާއަށް ދާށެވެ! މަހާނަ ތަކަށް ބަލައި ކައްވަޅު ގޮވަނީ ކީކޭކަން ނިކަން އަޑުއަހައި ވިސްނަން މަސައްކަތްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ބާރަށް ދުވެ ސަހަރާއަށް ދާށެވެ! މަހާނަ ތަކަށް ބަލައި ކައްވަޅު ގޮވަނީ ކީކޭކަން ނިކަން އަޑުއަހައި ވިސްނަން މަސައްކަތްކުރާށެވެ!

މަރުވުމާއި ބެހޭގޮތުން ސައިންސް ވެރިން މިހާރުވެސް ވަނީ 200އަށްވުރެ ގިނަ ފަތުވާ ނެރެފައެވެ. ނަމަވެސް އެންމެ ފަތުވާއެއްގައިވެސް މަރުވުމަކީ ކޮބައިކަން އަދި ފުރާނައަކީ ކޮބައިކަން ބަޔާންކޮށްދެވިފައެއް ނުވެއެވެ. އެނގޭ މިނަވަރެއް އެނގެނީ ކީރިތި ޤްރުއާނުން އެކަންޏެވެ. އެ މިންވަރަކީ ފުރާނަ އަޅުއްވަވަނީ ވެސް ފުރާނަ ގެންދަވަނީވެސް ﷲ ތަޢާލާ ކަމެވެ. މިއަށްވުރެ އިތުރަށް އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. 

އެހެންވެ ޢަލީގެފާނު ވިދާޅުވެފައިވެއެވެ. ދުނިޔޭގައި ކިތަން ބާރުގަދަ މީހެއްގެ ގޮތުގައި އުޅުނު ނަމަވެސް މަރަށް ފިލަން ދެވޭނެ އެއްވެސް ތަނެއް ނުއޮންނާނެއެވެ. މަރަށް ފިލަން ގޮސް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް މަރުވުމުގެ ވަގުތު ޖެހުމުން ތިބާގެ ކުރިމަތީގައި މަރު އައިސް ހުންނާނެއެވެ. މާނައަކީ ފުރާނަ ހިއްޕެވުމަށްޓަކައި ތިބާގެ ކުރިމަތީގައި މަލަކުލް މައުތު ހުންނަވާނެ ކަމެވެ. 

ވީމާ ބާރަށް ދުވަންވީ މަރަށް ފިލާކަށް ނޫނެވެ. ގައި ހުރި ހުރިހާ ބާރެއް ދެފައަށްލާފައި ބާރަށް ދުވެފައި ދާންވީ ސަހަރާއަށެވެ. ސަހަރާގައި ހުރި މަހާނަތަކަށް ބަލައިލާށެވެ! ދުނިޔޭގައި އުޅުނު އެންމެ ބާރުގަދަ ވެރިންނާއި އެންމެ މުއްސަނދި ފައިސާވެރިން މިއަދު އެތިބީ ވަޅުލެވިފައެވެ. އެއްވެސް ޢާރެއް ބާރެއް ނެތް ބަލިކަށި ކަނބިލިތަކެއް ފަދައިންނެވެ. 

ދެން ކުރަންވީ ކަމަކީ ކައްވަޅުތަކުން ގޮވާ ގޮވުންތަކުގެ އަޑުއަހައިލުމެވެ. ކައްވަޅުތަކުން އެ ގޮވަނީއެވެ. މިއީ ބިރުވެރިތަނެކެވެ. މިތަނުގައި ވަނީ ފަނިފަކުސަތަކެވެ. ފަނިފަކުސާތައް އެކަތި އަނެކަތި ކަނީއެވެ. މިއީ އަނދިރިކަން ބޮޑުތަނެކެވެ. މިއީ ގަދަ ފަދަ ޢަޛާބް ލިބޭ ތަނެކެވެ. މިތަނަށް އައުމުގެ ކުރިން މިތަނަށް އަންނަން ފުރިހަމައަށް ތައްޔާރުވާށެވެ! ކިރިޔާވެސް ސަލާމަތްކަމެއް ލިބޭނީ އެއިރުންނެވެ. 

މީސްތަކުންނޭވެ! ކީރިތި ޤްރްއާނަށް ބަލާށެވެ! "ތިމަން ﷲ މީސްތަކުން އުފެއްދެވީ ވެލިންނެވެ. އެނބުރިދާނީވެސް ވެއްޔަށެވެ. ހަށިތަކުގައި ފުރާނަމަ އަޅުއްވަވައި އަލުން ނެރުއްވަވާނީވެސް ހަމަ ވެލީގެ ތެރެއިންނެވެ." 

ހަމަ އެއާއިއެކު ﷲ ތަޢާލާ ވަހީކުރައްވަވާފައިވެއެވެ. "ފުރިހަމަ ހިސާބު ބެއްލެވުމަކުން ހިސާބު ބައްލަވާހުށީމެވެ. ފޭލްވެއްޖެ މީހުންނަށް ހުރީ ނަރަކައިގެ ގަދަފަދަ ޢަޛާބެވެ." ހިތާމައަކީ މިކަންކަން ހިތަށް އެރުވޭލެއް މަދުކަމެވެ. 

ޒިނޭކޮށް ފާހިޝް އަމަލުތައް ހިންގައި އުޅޭ މީހުން ކޮބައިހެއްޔެވެ؟ މީސްތަކުންގެ ޙައްޤުތަކަށް އަރައިގަންނަ މީހުން ކޮބައިހެއްޔެވެ؟ ﷲ ތައާލާގެ އެންގެވުންތައް ބޮލާލައި ޖެހުމަށްފަހު ދުނިޔެއާއިގެން އުޅޭ މީހުން ކޮބައިހެއްޔެވެ؟ އިބިލީހުގެ ދުންމާރިތަކަށް، މިޔުޒިކަށް ޣާފިލުވެގެން އުޅޭ މީހުންތައް ކޮބައިހެއްޔެވެ؟ ކައްވަޅަށް ދާން ޖެހުމުގެ ކުރިން މިއުޅެވޭ ގޮތާއިމެދު ވިސްނައިލާށެވެ! 

- ޝައިޚް އަހްމަދު ސުލައިމާން ޚަތާނީގެ ދަރުސަކުން

 

 

މިއަދު އޮންލައިން