ވުޟޫ ކުރަން ފަށަމުން 2 އަތްތިލައަށްލާ ފެނާ 2 އަތުގަ ފެންލުމަކީ ތަފާތު 2 ކަމެއް! 2 އަތުގަވެސް ފެންލާން ޖެހޭނީ އަތްތިލައާއެކު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ވުޟޫ ކުރަން ފަށަމުން 2 އަތްތިލައަށްލާ ފެނާ 2 އަތުގަ ފެންލުމަކީ ތަފާތު 2 ކަމެއް! 2 އަތުގަވެސް ފެންލާން ޖެހޭނީ އަތްތިލައާއެކު!

މިއީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް އޮޅުން އަރާފައި އޮންނަ ކަމެކެވެ. ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ދެ އަތުގައި ފެންލާއިރު އަތްތިލައިގެ ކުޑަހުޅާއި ހަމައަށް ފެންލުމުން ފުދޭނެ ކަމަށެވެ. އަތްތިލައިގެ އިނގިލިތަކުގައި ފެން ޖައްސަން ޖެހޭނީ ވުޟޫކުރަން އަތްތިލަ ދޮވެލާއިރުގައި ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ގޮތް ނޫންކަން ޑރ. އިޔާޟްގެ މި ބަސްފުޅުން އެނގިގެންދެއެވެ.  

"ވުޟޫ ކުރުމަށް ދެ އަތުގައި ފެންލާއިރު ދެއަތްތިލައިގެ އިނގިލިތަކާއިއެކު ފެންލާންވާނެއެވެ. ދެ އަތުގެ ދެ އުޅަބޮށިކައްޓާއިއެކު ފެންލުން ފުރިހަމަވާނީ އެއިރުންނެވެ. 

ވުޟޫ ކުރުމުގައި ވާޖިބު ފެށެނީ މޫނުގައި ފެންލުމުންނެވެ. އެއިގެ ކުރިން ދެއަތްތިލަ ދޮވުމާއި އަނގައާއި ނޭފަތަށް ފެންލުމަކީ ސުންނަތެވެ. ވީމާ ވުޟޫ ކުރުމަށް ދެ އުޅަބޮށިކައްޓާއިއެކު ދެ އަތުގައި ފެންލާއިރު ދެއަތްތިލައިގެ އިނގިލިތަކާއިއެކު ފެންލާންވާނެއެވެ."  

- ޑރ. މުޙައްމަދު އިޔާޟް ޢަބަދުއްލަޠީފް 

ނަމާދު ޞައްޙަ ވާނީ ވުޟޫ ޞައްޙަވެގެންނެވެ. ވީމާ ވުޟޫ ޞައްޙަކުރަން ކުރަންޖެހޭ ހުރިހާ ކަންކަން ކުރަންޖެހޭނެއެވެ. ނޫނީ ކުރާ ނަމާދުގެ ބޭނުމެއް ނެތެވެ.

 

 

މިއަދު އޮންލައިން