ނިޔުޒީލަންޑްގައި 51 މުސްލިމުން ޝަހީދުކުރި ޓެރަރިސްޓްގެ ވަކީލް ބުނަނީ އޭނާއަކީ ޓެރަރިސްޓެއް ނޫން ކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ނިޔުޒީލަންޑްގައި 51 މުސްލިމުން ޝަހީދުކުރި ޓެރަރިސްޓްގެ ވަކީލް ބުނަނީ އޭނާއަކީ ޓެރަރިސްޓެއް ނޫން ކަމަށް!

ނިޔުޒީލަންޑުގެ މިސްކިތަށް ހަމަލާދީ 51 މުސްލިމުން ޝަހީދުކޮށް އެތައް ބައަކު ޒަޚަމްކޮށްލި ޓެރަރިސްޓުގެ ޤާނޫނީ ވަކީލު މިއަދު ކޯޓުގައި ބުނީ އޭނާ އަކީ ޓެރަރިސްޓެއް ނޫން ކަމަށާއި އެޓަރނީ ޖެނެރަލް ކޮށްފައިވާ ގިނަ ދައުވާތަކަކަށް އިންކާރުކުރާ ކަމަށެވެ. 

ކޯޓުގައި މިއަދު ކުރިއަށް ގެންދިއަ ޝަރީޢަތުގެ މަޖިލީހަށް ޓެރަރިސްޓް ހާޒިރެއް ނުކުރެއެވެ. އޭނާ އާއި ސުވާލުކުރީ އޭނާ ބަންދުކޮށްފައިވާ ހައިސެކިޔުރިޓީ ޖަލުގައި ބަހައްޓައިގެން ވީޑިއޯ ލިންކެއް މެދުވެރިކޮށެވެ. 30 މިނީޓެއްހައިއިރަށް ކުރިއަށް ގެންދިއަ ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކަވާ ވާހަކަ އަޑު އިވޭތޯ ކުރި ސުވާލަށް ބޯ ޖަހައިލުން ފިޔަވައި އިތުރު އެއްވެސް ބަހެއް ޓެރަރިސްޓް ބުނެފައެއް ނުވެއެވެ. އޭނާގެ ފަރާތުން ވާހަކަ ދެއްކީ އޭނާގެ ވަކީލެވެ. 

މުސްލިމުން މަރަން އޭނާއަކީ ގަޓް ހުރި މީހެއްކަން ދުނިޔެއަށް ދައްކަން ފޯނުން ލައިވްކޮށް މުސްލިމުން ނަމާދަށް ތިއްބައި ހަމަލާދިން ޓެރަރިސްޓު މިއަދު ހުރީ މަންމަނަކަށްވެގެންނެވެ. މުޅި ދުނިޔެ އިންތިޒާރުކުރަމުން ގެންދަނީ ޝަރީޢަތުން އިއްވާނެ ޙުކުމަކަށެވެ. 

މިއަދު އޮންލައިން