ބިރުން ނޫވެގެންވާ ހާލު މަޙްޝަރު ކުރެއްވޭ މީހަކަށް ވެއްޖެނަމަ ގައިގެ ކުލަ އަލިކުރަން މިއަދު ކުރާ މަސައްކަތުގެ އެއްވެސް ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ބިރުން ނޫވެގެންވާ ހާލު މަޙްޝަރު ކުރެއްވޭ މީހަކަށް ވެއްޖެނަމަ ގައިގެ ކުލަ އަލިކުރަން މިއަދު ކުރާ މަސައްކަތުގެ އެއްވެސް ފައިދާއެއް ނެތް!

"ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. އަދި އެދުވަހުން ކުށްވެރިން (ގެ މޫނުތައް ބިރުވެރިކަމުން) ނޫވެގެންވާ ޙާލް، މަޙްޝަރަށް ފޮނުއްވާހުށީމެވެ." (ޠާހާ ސޫރަތުގެ 102) 

މިއަދު ކޮންމެ މީހަކުވެސް މިއުޅެނީ އެމީހަކު ބޭނުންވާ އެއްޗެއް ގައިގައާއި މޫނުގައި އުނގުޅައި ރީތިވާންވެގެންނެވެ. މިއަދު ގައިގައި ހުރި ކުލައަކީ ކިތަންމެ ރީތި ދޮން ކުލައަކަށްވެސް ވެދާނެއެވެ. ގައިގެ ކުލަ ކިތަންހައިވެސް އަލި ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް މުޖުރިމުންތައް  މަޙްޝަރު ކުރެއްވޭއިރުވެސް ތިބޭނީ ލޮލުގެ ކުލަ ބަދަލުވެފައެވެ. ބައެއް އިލްމުވެރިން ބަޔާން ކުރައްވަވަނީ ގައިގެ ކުލަވެސް ބަދަލުވެފައި ކަމަށެވެ.  

ބިރުންގޮސް ލޮލުގެ ކުލަ ހުންނާނީ ނޫފައިގެން ނޫކުލައަށް ބަދަލުވެފައެވެ. އެކަން ކީރިތި ޤްރުއާނުން އެނގެން އެބައޮތެވެ.  

ވީމާ ގައިގެ ކުލަ އަލިކުރަން މިއަދު ކުރާ މަސައްކަތުގެ އެއްވެސް ބޭނުމެއް ނެތެވެ. ﷲ ތައާލާ ތިބާ އުފަން ކުރެއްވެވި ކުލައިގައި ހުރެގެން މަސައްކަތްކުރަންވީ ޤިޔާމަތް ދުވަހު ތިމާގެ ލޯ ނޫކުލައިގައި މަޙްޝަރު ކުރެއްވޭ މީހަކަށް ނުވުމަށެވެ. އެކަން ޙާޞިލު ކުރެވޭނީ ބިރުން ތުރުތުރު އަޅާ ހާލުގައި މަޙްޝަރު ކުރެއްވެވޭ މީހަކަށް ނުވެ ހުރެވިގެންނެވެ. ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވާ މީހަކަށްވެގެންނެވެ. ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުރެވިގެންނެވެ. 

 

ވީޑިއޯ: ޝައިޚް މުޙައްމަދު މަންޞޫރުގެ ދަރުސުން 

މިއަދު އޮންލައިން