ދިރާގު ދިވެހި ޕްރިމިއަރ ލީގް: ހޮކޭގެ މާލިމީކަމުގައި ދަ ގްރާންޑޭގެ ފެށުން ރަނގަޅުކޮށްފި

ކިޔުމަށް ހޭދަވާނީ 55ސ
ދިރާގު ދިވެހި ޕްރިމިއަރ ލީގް: ހޮކޭގެ މާލިމީކަމުގައި ދަ ގްރާންޑޭގެ ފެށުން ރަނގަޅުކޮށްފި

ފޮޓޯ: ވީނިއުސް، ހާފްކޯޓް މޯލްޑިވްސް/ އަބީދު

 

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފިއެވެ.ކުޅަދާނަ ކުޅުންތެރިޔާ މުޙައްމަދު ރަޝީދު (ހޮކޭ)ގެ ކެޕްޓަންކަމުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ ނިލަންދޫ ސްޕޯޓްސް ކުލަބާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގެ ދެވަނަ މިނެޓުގައި ދަ ގްރާންޑޭގެ ވައިސް ކެޕްޓަން އަހުމަދު ވިޖުދާން ޖަހައިދިން ލަނޑުން މެޗުގެ ލީޑު ނެގި އިރު، އެ ޓީމުގެ ދެވަނަ ގޯލު ޖަހާފައިވަނީ ދެވަނަ ހާފުގެ 83 ވަނަ މިނެޓުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ތޮލާލް ނަސީރު އެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އަދި މިއަހަރުގެ ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ޓީސީ ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބެވެ. މިރޭ ބައްދަލުކުރާނީ ފޯކައިދޫ އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ.

 

މިއަދު އޮންލައިން