ސަމާލުކަން ދޭންވީ އެކުވެރިންނަކަށް ނޫން - މަރުވީންސުރެ ސުވަރުގެ ވަދެވުމާއި ހަމައަށް ތިބާ އާއިއެކުގައި ވާނެ އެންމެ ގާތް މިތުރަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ސަމާލުކަން ދޭންވީ އެކުވެރިންނަކަށް ނޫން - މަރުވީންސުރެ ސުވަރުގެ ވަދެވުމާއި ހަމައަށް ތިބާ އާއިއެކުގައި ވާނެ އެންމެ ގާތް މިތުރަށް!

ކީރިތި ޤްރުއާން ހިތުދަސް ކުރުމަކީ ކުރަން ނުހަނު ފަސޭހަކަމެކެވެ. އަދި މާނަ ހިތަށް ނެގުމަކީވެސް ހަމަ އެހައިމެ ފަސޭހަކަމެކެވެ. އެއީ ﷲ ތަޢާލާ ކީރިތި ޤްރުއާނުގައި ލައްވަވާފައިވާ ބަރަކާތުގެ ސަބަބުންނެވެ.

މިޒަމާނުގައި ތަޖުވީދުމަގުން ކިޔަވަން ދަސްކުރުމާއި މާނަ ދަސްކުރުން މިވަނީ ނުހަނު ފަސޭހަ ކަމަކަށްވެފައެވެ. ލިބޭ ހުސްވަގުތުތަކުގައި ފޯނުން އަޑުއަހައިގެން ވެސް ދަސްކުރުމުގެ ފުރުޞަތު ފަހިވެފައި އޮތުމުންނެވެ. ދަތުރުތައް ކުރާއިރު ދަތުރުމަތީގައި ހޭދަކުރާ ވަގުތުތަކުގައިވެސް ކީރިތި ޤްރްއާން އަޑުއެހިދާނެއެވެ. ހެޑްސެޓް ބޭނުންކުރުމުން ޖެހިގެން އިންނަ މީހާއަށްވެސް ސިއްރުން އެކަން ކުރެވޭނެއެވެ.

މީހާ މަރުވުމުން އެމީހަކާއި ވަކިވެގެން ނުދާނެ އެކައްޗަކީ އެމީހަކު ކީރިތި ޤްރްއާނުން ދަސްކުރި މިންވަރެކެވެ. އެމީހާގެ ހިސާބު ބެއްލެވޭއިރުވެސް އެމީހަކާއި އެކުގައި ކީރިތި ޤްރުއާންވާނެއެވެ. އެމީހާގެ މައްޗަށް ހެކިދޭނެއެވެ. އެމީހަކަށް ސުވަރުގެ ދެއްވެވުން އެދި ﷲ ތަޢާލާއަށް ދަންނަވާނެއެވެ. އެމީހަކަށްޓަކައި ކީރިތި ޤްރުއާން ޝަފާއަތްތެރިވެދިނުމަށްވުރެ ބޮޑު އުފަލެއް އެއްވެސް މީހަކަށް ނުލިބޭނެއެވެ.

އިސްކަން ދޭންވީ އެކުވެރިންނަކަށް ނޫނެވެ. ކީރިތި ޤްރުއާނަށެވެ. އެހެނީ މަރުވީންސުރެ ތިބާއަސް ސުވަރުގެ ވަދެވުމާއި ހަމައަށް ތިބާ އާއި އެންމެ ގާތް މިތުރުގެ ގޮތުގައި ޤްރުއާން ދެމިހުންނާނެތީއެވެ. 

ވީމާ ހަޔާތުގެ ކޮންމެ ދުވަހަކީވެސް ކީރިތި ޤްރުއާނުން ކޮންމެވެސް މިންވަރެއް ހިތުދަސްކުރާ ދުވަހަކަށް ހަދާށެވެ! އެންމެ އާޔަތެއްގެ މާނަ ނަމަވެސް ދަސްކުރާ ދުވަހަކަށް ހަދާށެވެ!  

އެންމެންނަކީ މުޅި ޤްރުއާން ހިތުދަސް ހާފިޒުންނަށް ނުވެވިދާނެއެވެ. ނަމަވެސް މަސައްކަތްކޮށްފިނަމަ ޢާންމުކޮށް ނަމާދުގައި ކިޔަވާ ބައިތަށް ހިތުދަސްކުރެވިދާނެއެވެ. ޢާންމު ގޮތެއްގައި ގިނަ އިމާމުން ނަމާދުތަކުގައި ކިޔަވާނީ ދާދި އެއް އާޔަތްތަކެކެވެ. ދާދި އެއް ސޫރަތްތަކެކެވެ. 

ގިނަ އިމާމުން ކިޔަވާނީ ކީރިތި ޤްރުއާނުގެ އެންމެ ފަހު 3 ފޮތުގެ ސޫރަތްތަކެވެ. އެއިގެ ތެރެއިންވެސް ޚާއްޞަ ސޫރަތްތައް ގިނައިން ކިޔަވާނެއެވެ. އެމީހަކު އަރައި އުޅޭ މިސްކިތެއްގައި އެންމެ ގިނައިން ކިޔަވާ ސޫރަތްތަކާއި އާޔަތްތައް ފާހަގަކުރާށެވެ! އަދި އެބައިތަކާއި އެބައިތަކުގެ މާނަ ހިތުދަސްކުރާށެވެ! އެއިރުން އިމާމް މީހާ ކިޔަވާއިރު ވައިވެ ބާކީވެ އެހެން ފިކުރުތަކުގައި ހުރުމުގެ ފުރުޞަތު ކުޑަވާނެއެވެ. 

- ބިލާލް މެމޮން- ޤްރުއާން އެކަޑެމީ

 

 

 

 

މިއަދު އޮންލައިން