ލައިސެންސް ނެތި ބިދޭސީއަކު ދުއްވި ސައިކަލެއް ފުލުހުންގެ ވެހިކަލެއްގައިޖެހި އެކްސިޑެންޓު ވެއްޖެ

ކިޔުމަށް ހޭދަވާނީ 34ސ
ލައިސެންސް ނެތި ބިދޭސީއަކު ދުއްވި ސައިކަލެއް ފުލުހުންގެ ވެހިކަލެއްގައިޖެހި އެކްސިޑެންޓު ވެއްޖެ

ލައިސެންސް ނެތި ބިދޭސީއަކު ޤަވާއިދާ ޚިލާފަށް ދުއްވާފަ ދިޔަ ސައިކަލެއް، ފުލުހުންގެ ވެހިކަލެއްގައި ޖެހި ރޭ އެކްސިޑެންޓެއް ވެއްޖެއެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި މިއެކްސިޑެންޓު ހިނގާފައިވަނީ ރޭ 00:25 ހާއިރު މޫންލައިޓް ހިނގުމުގެ އުތުރުން ދެކުނަށް ދުއްވަން ޖެހޭ ލޭނުން، ދެކުނުން އުތުރަށް ޤަވާއިދާ ޚިލާފަށް ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުންގެ ވެހިކަލެއްގައި ޖެހިގެން ކަމަށެވެ.

 

ސައިކަލު ދުއްވަން އިނީ އުމުރުން 18 އަހަރުގެ ބިދޭސީއެއް ކަމަށާއި އޭނާ އަތުގައި ލައިސެންސް ވެސް ނޯންނަ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

 

މިއެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

މިއަދު އޮންލައިން