މޫރްސީ އަވަހާރަވި މައްސަލަ ހޫނުވަނީ! މޫރްސީގެ މަރަކީ ހަމަ ހުރެފައި ކުރިމަތިވި މަރެއް ކަމަށް ގިނަ ބައަކު ޤަބޫލެއް ނުކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
މޫރްސީ އަވަހާރަވި މައްސަލަ ހޫނުވަނީ! މޫރްސީގެ މަރަކީ ހަމަ ހުރެފައި ކުރިމަތިވި މަރެއް ކަމަށް ގިނަ ބައަކު ޤަބޫލެއް ނުކުރޭ!

މިޞުރުގެ ހަމައެކަނި އިންތިޚާބީ ރައީސް މުޙައްމަދު މޫރްސީ އުމުރުން 67 އަހަރުގައި މިއަދު އަވަހާރަވެފައިވާއިރު މޫރުސީގެ މަރަކީ ހަމަ ހުރެފައި ކުރިމަތިވި މަރެއް ކަމަށް ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ. 

ހޭފުޅު ނެތިގެން މޫރްސީ ވެއްޓިވަޑައިގަތީ ފަނޑިޔާރުގެ ސުވާލުތަކަށް ޖަވާބު ދެއްވަން 20 މިނިޓް ކޮޅަށް ހުންނެވިފަހުންނެވެ. ބައެއް ރިޕޯޓްތަކުގައި ބުނެފައިވަނީ މޫރްސީ ވެއްޓިވަޑައިގަތީ ހަށިކޮޅުން ހަކަތަ ހުސްވެގެން ކަމަށެވެ. ވެއްޓިވަޑައިގަތުމުން މޫރްސީ ގެންދެވުނު ހޮސްޕިޓަލުން މޫރްސީ އަވަހާރަވިކަން އިއުލާނުކޮށްފައިވަނީ މިޞުރުގެ ގަޑިން ހަވީރު 4.50 ހައިއިރުއެވެ. ޑޮކްޓަރުންގެ ބަޔާނުގައިވަނީ ހަށިކޮޅުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ. 

މޫރްސީއަކީ ހަކުރު ބަލީގެ ބޭފުޅެކެވެ. ކިޑްނީ ފޭލްވުމުގެ މައްސަލަތައްވެސް ވަނީ ކުރިމަތިވެވަޑައިގެންފައެވެ. މިއިން އެއްވެސް ބައްޔެއްގައި އެކަށީގެންވާ ފަރުވާ ފޯރުކޮށްދީފައެއް ނުވެއެވެ. ގިނަ ބައަކު ބުނަނީ މޫރްސީ އަވަހާރަވީ 6 އަހަރުދުވަހު ދެމުން އައި އަނިޔާގެ ސަބަބުން ކަމަށެވެ. 

މޫރްސީގެ ޢާއިލާއަށް މޫރްސީ އާއި އެންމެ ފަހުން ބައްދަލުކުރެވިފައިވަނީ މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މޫރްސީ އަވަހާރަވުމުން އެންމެ ފުރަތަމަ ތައުޒިޔާ ވިދާޅުވީ ތުރުކީގެ ރައީސް އުރްދްޤާންއެވެ. ރައީސް އުރްދްޤާން، މޫރްސީ އަވަހާރަވުން ސިފަކުރައްވާފައިވަނީ ޝަހީދެއްގެ ގޮތުގައެވެ. "މާތް ﷲ އަޚް މުރްސީއަށް ޝަހީދެއްގެ ދަރަޖަ މިންވަރު ކުރައްވަވާށި!" 

ފަލަސްޠީނުގެ ރައީސް ޔާސިރު ޢަރަފާތު އަވަހާރަވުމުން ހާމަވެގެންދިއަ ފަދަ އަނދިރިފަރާތް، މުރްސީ އަވަހާރަވުމާއި ގުޅިގެންވެސް ހާމަވެގެންދާނެ ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

މޫރްސި އަވަހާރަވި ސަބަބާއިމެދު މިހާރުވެސް ގެންދަނީ ސުވާލުތައް އުފައްދަމުންނެވެ.

މިއަދު އޮންލައިން