އިއްޔެ މިޞުރުގައި އަވަހާރަވި މިޞުރުގެ ކުރީގެ ރައީސް މުޙައްމަދު މޫރްސިގެ މައްޗަށް ރާއްޖޭގައިވެސް ކަށުނަމާދުކުރުމުގެ ހުއްދައަށް އިސްލާމިކް މިނިސްޓްރީގައި އެދިފައިވާ ކަމަށް މިއަދުނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
ރައީސް މޫރުސީގެ މައްޗަށް އިސްލާމީ ޤައުމުތަކުގަ އާއި އަދި މުސްލިމް ނޫން ޤައުމުތަކުގައިވެސް ކަށުނަމާދުކުރަން ދަނީ ތައްޔާރުވަމުންނެވެ.
މޫރްސިއަކީ އިސްލާމް ދީނަށް ވަރަށް ބޮޑަށް ލޯބި ކުރެއްވި އަދި އަމަލުކުރެއްވި ވެރިއެއްކަމަށްވުމުން މުސްލިމުންގެ ގިނަ ބައަކު ގެންދަނީ މޫރްސި އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވަމުންނެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޣައިރު މުސްލިމް ޖަމާއަތްތަކުންނާއި މުސްލިމުން ނޫން ގިނަ ބައަކުވެސް ގެންދަނީ ކަންބޮޑުވުން ފައުޅުކޮށް ހިތާމައިގައި ބައިވެރިވަމުންނެވެ.