ހުވާ އުވާލުމަކީ ނުރައްކާތެރިކަމެއް! ކައްފާރާ ދޭން ޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހުވާ އުވާލުމަކީ ނުރައްކާތެރިކަމެއް! ކައްފާރާ ދޭން ޖެހޭ ކަމެއް!

ބައެއް މީހުން ވަރަށް އާދައިގެ ކަންކަމުގައިވެސް ހުވާ ކުރެއެވެ. އިސާހިތަކު ހުވާމަތިން ހަނދާން ނައްތައިލައެވެ. "ހަމަ ހުވާ" ކަމަށް ބުނެ އެފަހަރަކު ބުނަން ބޭނުންވާ ބަސްތައް ބުނެހަދައެވެ. މިފަދަ ހުވާތައް ކުރުމަށްފަހު ކުރި އުވާލުމަކީ އެއްވެސް ކަމަކަށްވެސް ނުހަދައެވެ. 

އެފަދަ މީހުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ މި ބަސްފުޅާއިމެދު ވިސްނައިލާށެވެ! 

"ހުވާކޮށްފިނަމަ ކުރި ހުވައާއި އެއްގޮތަށް ކަންތައް ކުރަން ޖެހޭނެއެވެ. ކުރި ހުވައާއި ޚިލާފްވެއްޖެނަމަ ކައްފާރާ ދޭންޖެހޭނެއެވެ. އެގޮތުން 10 މިސްކީނުންނަށް ކާންދިނުން ނުވަތަ އަންނައުއުނު ދިނުން ނުވަތަ އަޅަކު މިނިވަންކުރަން ޖެހޭނެއެވެ. މިއިން އެއްވެސް ކަމެއް ކުރެވެން ނެތް މީހާ 3 ދުވަހު ރޯދަހިފަން ޖެހޭނެއެވެ." 

މިއަދު ފެންނަމުން މިދަނީ މާތް ﷲ އަށާއި ރައްޔިތުންނަށް ތެދުވެރިވުމަށް މާތް ﷲ ގަންދީ ހުވާކުރުމަށްފަހު މާތްﷲ އަށްވެސް އަދި ރައްޔިތުންނަށްވެސް ޚިޔާނާތްތެރިވަމުން ދާ ތަނެވެ. މާތް ﷲ އަށް ތެދުވެރިވެ ހުރެ މާތް ﷲ ގެ ޙުކުމްފުޅުތަކާއި ޚިލާފަށް ޤާނޫނުތައް ފާސްކުރާއިރު މިކުރެވެނީ ކިހައިވަރެއްގެ ކަމެއް ކަމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެއްވެސް ވަރަކަށް ވިސްނައިލާބާވައެވެ! ޤާނޫނު އަސާސީއަށާއި ރައްޔިތުންނަށް ތެދުވެރިވުމަށް ހުވާކުރުމަށްފަހު އެންމެ ރައްޔިތެއްގެ ޙައްޤު ނަމަވެސް ގެއްލޭ ގޮތަށް އަމަލުކުރުމުން މިކުރެވެނީ ކީއްކަމާއިމެދު ދައުލަތުގެ ވެރިން ވިސްނައިލާބާވައެވެ!

މިއަދު އޮންލައިން