11 ޓީމާއެކު ބ. ފުޓްބޯޅަ ޗެލެންޖު އަންނަ މަހު ފަށަނީ

ކިޔުމަށް ހޭދަވާނީ 46ސ
11 ޓީމާއެކު ބ. ފުޓްބޯޅަ ޗެލެންޖު އަންނަ މަހު ފަށަނީ

11 ޓީމާއެކު ބ. ފުޓްބޯޅަ ޗެލެންޖުގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ފަށަން ތައްޔާރުވެއްޖެއެވެ.

މިއީ ބ. އަތޮޅުގައި ހިންގާ ފޯސީޒަން ލަނޑާގިރާވަރު ރިސޯޓުން އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާގެ އެހީތެރިކަމާއެކު ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. އަދި މި މުބާރާތް އޮންނާނީ އަންނަ ޖުލައި މަހުގެ 1-20 އަށް އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ އޭދަފުއްޓާއި، ކުޑަރިކިލު، ކިހާދޫ، ކެންދޫ، މާޅޮސް، ދޮންފަނު، ދަރަވަންދޫ، ހިތާދޫ، ތުޅާދޫ، ގޮއިދޫ އަދި ފެހެންދޫ އެވެ.

މުބާރާތުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދަންކަން ނުޖެހޭ ކަމަށާއި ރަށްރަށުން ބައިވެރިވާ ޓީމުތަކުގެ ދަތުރުފަތުރު އެ ރިސޯޓުން ހަމަޖައްސައިދޭނެ ކަމަށް ލަނޑާގިރާވަރުން މަޢުލޫމާތުދެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. އަދި ދެ ވަނަ ޓީމަށް 5،000ރ. ވަނީ ހުށަހަޅާފައެވެ.

މިއަދު އޮންލައިން