6 މަހުގެ ކުއްޖަކު މަރުވެއްޖެކަމަށް ޑޮކްޓަރު ބުނުމުން ވަޅުލަން މަސައްކަތް ކުރަނިކޮށް މަރުނުވާކަން އެނގުމުން ޑޮކްޓަރު ފިލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
6 މަހުގެ ކުއްޖަކު މަރުވެއްޖެކަމަށް ޑޮކްޓަރު ބުނުމުން ވަޅުލަން މަސައްކަތް ކުރަނިކޮށް މަރުނުވާކަން އެނގުމުން ޑޮކްޓަރު ފިލައިފި

6 މަހުގެ ކުއްޖަކު މަރުވެއްޖެކަމަށް ޑޮކްޓަރު ބުނުމުން ވަޅުލަން މަސައްކަތް ކުރަނިކޮށް މަރުނުވާކަން އެނގުމުން ޑޮކްޓަރު ފިލައިފިއެވެ. 

އިންޑިއާގެ ޕަޓްނާގައި ހިނގި މިހާދިސާ އާއި ގުޅިގެން ނޫސްތަކުން ބުނެފައިވަނީ ކުއްޖާ ހޮސްޕިޓަލަސް ގެންދިއައީ ހޫނުގަދަވެ ކުއްޖާގެ ހަރަކާތްތައް ހުއްޓުމުން ކަމަށެވެ. އަދި ކުއްޖާ ވަނީ މަރުވެފައި ކަމަށް ޑޮކްޓަރު ބުނުމުން ވަޅުލަން މަސައްކަތްކުރަނިކޮށް ކުއްޖާ ހަރަކާތްކުރަން ފޭށީ ކަމަށެވެ. 

"މަރުނުވާ ކަމަށް ޤަބޫލުކުރެވުމުން އަވަސް އަވަހަށް ކުއްޖާ އަލުން ހޮސްޕިޓަލަށް ގެންދިއައީ. މިހާރު ކުއްޖާގެ ޙާލު ރަނގަޅު." ކަމަށްވެސް ބުނެފައިވެއެވެ. މިކަމުގައި އުޅުނު ބައެއް އަވަށްޓެރިން ބުނެފައިވަނީ އެމީހުންނަކީ ފަޤީރުން ކަމަށްވުމުން އެމީހުންގެ ކަންކަމުގައި ޑޮކްޓަރުން ސަމާލުކަން ނުދެނީ ކަމަށެވެ. "ކިތައް މީހުން މިފަދަ މައްސަލަތަކުގެ ސަބަބުން ދިރިއޮއްވައި ވަޅުލެވިފައިވާނެ؟ ކާކު އަހަރެމެންގެ ހާލު ބަލަނީ؟" 

ޕަޓްނާ ސަރަހައްދުގައި އާދައާއި ޚިލާފަށް ހޫނު ގަދަވުމުން އިއްޔެވެސް ވަނީ 130 އަށްވުރެ ގިނަ މީހުން މަރުވެފައެވެ.

މިއަދު އޮންލައިން