ގިނައިން ކަސްރަތުކުރޭ! ނަމަވެސް ޔޯގާ ހެދުމަކީ ހިންދޫ މީހުންގެ އިރުގެ ކަލާނގެ އާ ގުޅުވާފަވާ ކަމަކަށްވާތީ ޔޯގާ ހެދުމާ ދެކޮޅު!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ގިނައިން ކަސްރަތުކުރޭ! ނަމަވެސް ޔޯގާ ހެދުމަކީ ހިންދޫ މީހުންގެ އިރުގެ ކަލާނގެ އާ ގުޅުވާފަވާ ކަމަކަށްވާތީ ޔޯގާ ހެދުމާ ދެކޮޅު!: ޝައިޚް ޢަލީ ޒައިދު

ކަސްރަތު ކިތަންމެ ގިނައިންވެސް ކުރާށެވެ. ނަމަވެސް ޔޯގާ ހެދުމަކީ ހިންދޫ މީހުންގެ އިރުގެ ކަލާނގެއާ ގުޅުންހުރި އެމީހުންގެ ޢަޤީދާއެއްގެ މައްޗަށް ބިނާކޮށްފައި އޮތް އެއްޗަކަށްވާތީ ޔޯގާ ނުހަދާށެވެ!

މިބަސް މިހުން ބުނާތީ ބައަކު ކިތަންމެ ރުޅި އައިނަމަވެސް ކުރާނެ ކަމެއް ނެތެވެ. އަޅުގަނޑަކީ ކަސްރަތު ކުރުމާއި އެއްވެސް ވަރަކަށް ދެކޮޅު ހަދާ މީހެއް ނޫނެވެ. ނަމަވެސް ޔޯގާ ހެދުމާއި އަޅުގަނޑު ދެކޮޅެވެ. އެކަން ނުކުރުމަށް ނަޞޭޙަތްތެރިވަމެވެ.

ޝައިޚް ޢަލީ ޒައިދު

ބައެއް މީހުން ބުނަނީ މައްސަލަ ނުކުންނަނީ އެމީހަކު އެކަމެއް ޤަބޫލުކުރާ ގޮތަކުން ކަމަށެވެ. ދީނީ ޢިލްމުވެރިން ވިދާޅުވަނީ އެހެން ދީންތަކުގެ މީހުން އެމީހުންގެ ދިނާއި ގުޅުވައިގެން ކުރާ ކަންކަން ކުރެވޭނެ ރަނގަޅު ނިޔަތެއް އޮންނާނެ ކަމަށެވެ. އަދި އަދި ކިތަންމެ ރަނގަޅު ނިޔަތެއްގައި ނަމަވެސް އެފަދަ އެއްވެސް ކަމެއް ކުރުން މުސްލިމުންނަށް ހުއްދަ ނުވާނެ ކަމަށެވެ.

މިއަދު އޮންލައިން