"ގޮށްރާޅު" ސާކް ފިލްމް ފެސްޓިވަލަށް، ވާދަކުރާނީ "ޕަދްމާވަތު" އާ

ކިޔުމަށް ހޭދަވާނީ 1މ 12ސ
"ގޮށްރާޅު" ސާކް ފިލްމް ފެސްޓިވަލަށް، ވާދަކުރާނީ "ޕަދްމާވަތު" އާ

ޑާކްރެއިން އެންޓާޓެއިންމެންޓް ގެ ފަރާތުން އުފެއްދި ކާމިޔާބު އެކްޝަން ފިލްމު "ގޮށްރާޅު" ނުވަވަނަ ސާކް ފިލްމް ފެސްޓިވަލްގައި ބައިވެރިކުރަން ނިންމައިފިއެވެ.

 

އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހު ފެށޭ މިފެސްޓިވަލްގައި "ގޮށްރާޅު" ވާދަކުރާނީ، ބޮލީވުޑްގެ ސުޕަހިޓް ފިލްމެއް ކަމަށްވާ "ޕަދްމާވަތު" އާއެވެ. ޑާކްރެއިން އެންޓަރޓެއިންމެންޓުން ދެކޭގޮތުގައި، އެފަދަ ސުޕަހިޓް ފިލްމަކާއި ވާދަކޮށްލަން ލިބުމަކީވެސް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.

 

"ގޮށްރާޅު" މިފިލްމަކީ މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށް، އަހްމަދު ޝިނާން ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. ފިލްމެގެ ވާހަކަ އަދި ސްކްރީން ޕެލޭ ތައްޔާރުކޮށްދީފައިވަނީ މޫމިން ފުއާދުއެވެ. މިހާތަަށް ނުކުތް ދިވެހި ފިލްމްތަކާއި ތަފާތު ކްރައިމް ތްރައިލާ ސްޓައިލަށް ތައްޔާރުކުރި މި އެކްޝަން ފިލްމްގެ ލީޑުން ފެނިގެންގޮސްފައިވަނީ ޖުމައްޔިލް ނިމާލްއެވެ. އަދި މި ފިލްގައި ހަސަން އިރުފާން ( ޒަކިއްޓޭ ) ދައްކުވައިދިން ތަފާތު ރޯލަށް އެތައް ބައެއްގެ ތައުރީފު ލިބިގެންގޮސްފައިވެއެވެ.

 

ސާކް ފިލްމު ފެސްޓިވަލްގައި ދިވެހި ފިލްމުތައް ބައިވެރިކޮށް، ވަނަވަނަ ހޯދާފައިވާއިރު، 2017 ވަނަ އަހަރު ކުޅަދާނަ ބަތަލާ އައިޝަތު ރިޝްމީ ވަނީ އެއަހަރުގެ އެފެސްޓިވަލުން އެންމެ މޮޅު ބަތަލާގެ މަގާމު ހޯދާފައެވެ.

މިއަދު އޮންލައިން