ދިވެހި ޤައުމީ ޗެސް ޓީމު ނިއުދިއްލީއަށް ފުރައިފި

ކިޔުމަށް ހޭދަވާނީ 1މ 15ސ
ދިވެހި ޤައުމީ ޗެސް ޓީމު ނިއުދިއްލީއަށް ފުރައިފި

ކޮމަންވެލްތު ޗެސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ދިވެހި ޤައުމީ ޗެސް ޓީމު ނިއުދިއްލީއަށް ފުރައިފިއެވެ.

 

މި ޓީމުގައި ހިމެނެނީ 14 އަހަރުން ދަށުގެ އުމުރުފުރައިން އަންހެން ކުޅުންތެރިއަކަށް އައިޝަތު ހިމްޔާ އިބްރާހިމް މުޖާހް އާއި 14 އަހަރުން ދަށުގެ އުމުރުފުރައިން ފިރިހެން ކުޅުންތެރިއަކަށް މުޖާހިދް ބިން ޔަޒީދް އެވެ.

 

މީގެ އިތުރުން 16 އަހަރުން ދަށުގެ އުމުރުފުރައިން އަންހެން ކުޅުންތެރިއަކަށް ނުހާ ރިޟުވާން އާއި 16 އަހަރުން ދަށުގެ އުމުރުފުރައިން ފިރިހެން ކުޅުންތެރިއަކަށް މުހަމަދު ޔަމީން ޔޫޝައު އާއި ސީނިއަރ ޓީމުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ މުހަންމަދު ޝުއާއު އާއި ސީނިއަރ ޓީމުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ނިހާޔާ އަހުމަދު އަދި އަމިއްލަގޮތުން ބައިވެރިވާ ކުޅުންތެރިއެއް ކަމަށްވާ 14 އަހަރުން ދަށުގެ އާލާ މުހައްމަދު ނައުޝާދުވެސް ޓީމުގައި ހިމެނެއެވެ.

 

މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތް އޮންނާނީ އިންޑިއާގެ ނިއުދިއްލީގެ ދަ ލީލާ އެމްބިއެންސް ކޮންވެންޝަން ހޮޓަލްގައެވެ.

 

މި މުބާރާތުގައި ބައިވެރިވަނީ ސައުތް އެފްރިކާ، ބަންގްލަދޭޝް، ސްރީލަންކާ، މެލޭޝިޔާ، ސިންގަޕޫރު، އޮސްޓްރޭލިއާ، ނިއުޒިލެންޑް، އިންގްލޭންޑް ސްކޮޓްލޭންޑް، އަޔަރލޭންޑް، ވޭލްސް، ނައިޖީރިޔާ، ޓްރިނިޑެޑް އެންޑް ޓޮބަގޯ އާއި އިންޑިއާ އާއި ޒެމްބިއާ އަދި ތަންޒޭނިޔާއެވެ.

މިއަދު އޮންލައިން