އެމެރިކާ އިސްނަގައިގެން ބަހްރައިންގަ ބޭއްވި ވިޔަފާރިވެރިންގެ ބައްދަލުވުމުގަ ބައިވެރިވި މީހަކު ފަލަސްޠީނުން ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 70 އަހަރުގެ އަބޫ މަލާޔާ ކިޔާ މީހެކެވެ.
ފަލަސްޠީނުން ބުނެފައިވަނީ ފަލަސްޠީނުން ބޮއިކޮޓްކޮށްފައިވާ އެ ބައްދަލުވުމުގައި ބައިވެރިވި ފަލަސްޠީނުގެ އެންމެން ހައްޔަރުކޮށް އަދަބުދޭނެ ކަމަށެވެ.

ފަލަސްޠީނުން ބުނެފައިވަނީ މިއީ އިޒްރޭލުން ފޭރިގެންފައިވާ ފަލަސްޠީނުގެ ބިންތަކަށް ޤާނޫނީ ގޮތުން ވެރިވެގަންނަން އެމެރިކާ އާއި ޔަހޫދީން ގުޅިގެން ރޭވި މަކަރުވެރި ބައްދަލުވުމެއް ކަމަށެވެ.
ދުނިޔޭގެ ބައެއް ޤައުމުތަކުގައިވެސް ގެންދަނީ މި ބައްދަލުވުމަކީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ވިއްކާލަން ބޭއްވި ބައްދަލުވުމެއް ކަމަށް ބުނެ ދެކޮޅުވެރިކަން ހާމަކުރަމުންނެވެ.
A vigil was held in Dublin City to condemn the US-led Bahrain’s ‘economic development’ by Ireland Palestine solidarity Campaign.
— TIMES OF GAZA (@Timesofgaza) June 29, 2019
pic.twitter.com/aSgNA7bwix