އެމްއެމްއޭގަ ކުރި މަސައްކަތްތަކަށް ޖަވާބުދާރީވާން ތައްޔާރު: ޢާޠިފް ޝުކޫރު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
އެމްއެމްއޭގަ ކުރި މަސައްކަތްތަކަށް ޖަވާބުދާރީވާން ތައްޔާރު: ޢާޠިފް ޝުކޫރު

އެމްއެމްއޭގެ ފިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާގެ މަޤާމުގައި ހުންނެވި 7 މަސް ދުވަހު ކުރައްވާފައިވާ މަސައްކަތްތަކަށް ޖަވާބުދާރީވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް އަޙްމަދު ޢާޠިފް ޝުކޫރު ވިދާޅުވެއްޖެއެވެ. 

އެމްއެމްއޭގެ ފިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާގެ މަޤާމުގައި މަސައްކަތްކުރައްވާފައިވަނީ ނޮވެމްބރު 2014 އިން ޖޫން 2015 އަށެވެ. އެއަށްފަހު ޔުނިޓުގައި ކުރަން ހުރި މަސައްކަތްތަކުގައި ހުރި މައްސަލަތައް ފާހަގަ ކުރައްވައި ޢާޠިފް ވަނީ މަޤާމުން އަމިއްލަފުޅަށް އިސްތިޢްފާ ދެއްވަވައިފައެވެ. 

އާޠީފް މިމޭރުމުން ވިދާޅުވެފައިވަނީ އެސްއޯއެފްގެ މައްސަލާގައި އެފް.އައި.ޔޫގެ އޭރުގެ ވެރިޔާ (ޢާޠިފް)ގެ މައްޗަށް ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޒާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކޮށްދިނުމަށް އެދި މި މައްސަލަ 18 ފެބްރުވަރީ 2019ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމާއި ގުޅިގެންނެވެ.   

މިއަދު އޮންލައިން