ހޫތީ ހަނގުރާމަވެރިން ސައުދީ އަބްހާ އެއާޕޯޓަށް ރޭ ދިން ހަމަލާގަ 9 މީހަކަށް އަނިޔާވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ހޫތީ ހަނގުރާމަވެރިން ސައުދީ އަބްހާ އެއާޕޯޓަށް ރޭ ދިން ހަމަލާގަ 9 މީހަކަށް އަނިޔާވެއްޖެ!

ހޫތީ ހަނގުރާމަވެރިން ސައުދީ އަބްހާ އެއާޕޯޓަށް ރޭ ދަންވަރު 12.35 ހައިއިރު ދިން ހަމަލާގައި އަނިޔާލިބިގެން 9 މީހަކު ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށް ސައުދިއަރަބިޔާއިން ބުނެފިއެވެ. އަދި ސައުދީގެ 8 މީހަކާއި އިންޑިއާގެ މީހަކު ކަމަށްވެސް ބުނެފައިވެއެވެ. 

ސައުދީ ހޯމް މިނިސްޓްރީން ބުނެފައިވަނީ ހަމަލާދިނީ ޑްރޯންއެއް ބޭނުންކޮށްގެން ކަމަށާއި ހަމަލާގައި ލިބުނު ގެއްލުންތައް މަރާމާތުކުރުމަށްފަހު މިހާރު އެއާޕޯޓުގެ ޚިދުމަތް ދެމުން ގެންދާ ކަމަށެވެ. 

މިއީ ހޫތީ ހަނގުރާމަވެރިން އަބްހާ އެއާޕޯޓަށް ދިން 3 ވަނަ ހަމަލާއެވެ. ސައުދީ ހޯމް މިނިސްޓްރީން ބުނީ ހަމަލާ ދިން ނަމަވެސް ޔަމަނުގައި ކުރިއަސް ގެންދާ އޮޕަރޭޝަންތައް ނުހުއްޓާނެ ކަމަށެވެ.

މިއަދު އޮންލައިން