ޝާރުޖާ (ޔޫއޭއީ) ގެ ވެރިޔާ، ޑރ. ޝައިޚް ސުލްޠާން ބިން މުޙައްމަދު އަލްޤާސިމީގެ ދަރިކަލުން، ޝައިޚް ޚާލިދް އަލްޤާސިމީ އަވަހާރަވުމުން 3 ދުވަހުގެ ޤައުމީ ހިތާމަފާޅުކުރުން އިއުލާނުކޮށްފިއެވެ.
ޝައިޚް ޚާލިދް އަލްޤާސިމީ އަވަހާރަވީ ހޯމަ ދުވަހު އިނގިރޭސިވިލާތުގައެވެ. ސަބަބު ބަޔާންކޮށްފައެއް ނުވެއެވެ. ޝައިޚް ޚާލިދް އަލްޤާސިމީގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނީ މާދަމާ ހެނދުނު 9.00 ގައި ކިންގ ފައިޞަލް މިސްކިތުގައެވެ.
ޝައިޚް ޚާލިދް އަލްޤާސިމީ އުމުރުފުޅުން 9 އަހަރުން ފެށިގެން ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގައެވެ. ކުރައްވާ މަސައްކަތްޕުޅަކީ ފެޝަން ޑިޒައިން ކުރެއްވުމުވެ. "ޤާސިމި" އަކީ އެމަނިކުފާނުގެ މަރުކާއެވެ.