7 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރުމުން ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން ސޯޅަ މީހަކު ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
7 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރުމުން ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން ސޯޅަ މީހަކު ހައްޔަރުކޮށްފި

އިންޑިއާގެ ޖައިޕޫރުގެ އަވަށެއްގައި 7 އަހަރުގެ އަނހެންކުއްޖަކު ރޭޕްކުރުމަށްފަހު ލޭތަރަކާއެކު މަގުމައްޗަށް އެއްލައިލާފައި އޮތް މަސައްލައަކާއި ގުޅިގެން މުޒާހަރާކުރަން ނުކުތް މީހުންގެ ތެރެއިން ޕޮލިސް ސްޓޭޝަނަސް ގެއްލުން ދިން 16 މީހަކު ހައްޔަރުކޮށްފިއެވެ. 

މިކަމާއި ގުޅިގެން މަގުތަކަށް ނުކުތް ގިނަ އަދަދެއްގެ މީހުން ވަނީ އަވަށުގެ ޕޮލިސް ސްޓޭޝަނަށާއި ގިނަ އަދަދެއްގެ ވެހިކަލްތަކަސް ގެއްލުންދިފައެވެ. އެމީހުން ބުނަމުން ގެންދަނީ އެކަންކުރި މީހާ ހޯދައި ހައްޔަރުކުރަންދެން މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ. 

ފުލުހުން ބުނެފައިވަނީ ކުއްޖާއަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށާއި ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

 

 

މިއަދު އޮންލައިން