ހައްދުފަހަނައަޅާފައިވާ ޔަހޫދިންގެ ބައަކު ހަތިޔާރުން ހަމަލާދިނުމަށްފަހު ފަލަސްޠީން ޒުވާނަކު ވަގަށް ނަގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ހައްދުފަހަނައަޅާފައިވާ ޔަހޫދިންގެ ބައަކު ހަތިޔާރުން ހަމަލާދިނުމަށްފަހު ފަލަސްޠީން ޒުވާނަކު ވަގަށް ނަގައިފި

ހައްދުފަހަނައަޅާފައިވާ ޔަހޫދިންގެ ބައަކު ބައިތު ޢުއްމާރު އަވަށަށް ހަތިޔާރާއިއެކު އަރައިގަނެ ހަތިޔާރުން ހަމަލާދިނުމަށްފަހު ފަލަސްޠީނުގެ 27 އަހަރުގެ ޒުވާނަކު ވަގަށް ނަގައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަތިޔާރު ހިފައިގެން އައި މީހުން ތިބީ ސިފައިން ގެންގުޅޭ ފަދަ ބަޑިފަދަ ތަކެތި ހިފައިގެންނެވެ. 

ސިފައިން މިފަދަ ޖަރީމާތައް ހިންގުމުން އިޒްރޭލް ސަރުކާރަށް މައްސަލަތައް ކުރިމަތިވާތީ ފަހަކަށް އައިސް މިފަދަ ޖަރީމާތައް ބައެއް ފަހަރު ހިންގަމުން ގެންދަނީ ޢާންމުންގެ އަތަށް ހަތިޔާރުދީ ބާރުވެރިކުރުވައިގެންނެވެ.

ޒުވާނާ ވަގަށް ނެގީ އާންމުންގެ ހެދުމުގައި ތިބި ބައަކު ނަމަވެސް ވަގަށް ނެގި ޒުވާނާ ގެންގޮސްފައިވަނީ އެޓްޒޮން މިލިޓަރީ ބޭސްއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. 

މިއަދު އޮންލައިން