އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިސް ބޭފުޅުންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިސް ބޭފުޅުންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިސް ބޭފުޅުންނާއި އަދި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އިސް ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިސް ބޭފުޅުންނާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އިސް ބޭފުޅުން ވަނީ މި އަހަރު ރާއްޖެއިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވުމަށް ވެފައިވާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިސް ބޭފުޅުން ވަނީ ރާއްޖެއިން އެބޭފުޅުންނަށް ވިދާޅުވެފައިވާ މަރުޙަބާއަށް ޝުކުރުއަދާކުރައްވާފައެވެ. 

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި ސަރުކާރުން ކުޅިވަރަށް ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވާފައެވެ. އަދި ކުޅިވަރު ތަރައްޤީކުރުމަށާއި، ޒުވާނުން ބާރުވެރިކުރުވަން ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

 

މިއަދު އޮންލައިން