ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ ޓިޔުނީސިއާގެ ސަރުކާރުގެ އޮފީސްތަކުގައި ހިޖާބަ އަޅައިގެން އުޅުން މަނާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 27ސ
ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ ޓިޔުނީސިއާގެ ސަރުކާރުގެ އޮފީސްތަކުގައި ހިޖާބަ އަޅައިގެން އުޅުން މަނާކޮށްފި

ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ މިއަދުން ފެށިގެން ޓިޔުނީސިއާގެ ސަރުކާރުގެ އޮފީސްތަކުގައި ހިޖާބަ އަޅައިގެން އުޅުން މަނާކޮށްފި އެވެ. 

ބޮޑުވަޒީރު ޔޫސުފް ޗާހިދު ސޮއިކޮށް ނެރުނު ބަޔާނުގައިވާ ގޮތުން މުވައްޒިފުންގެ އިތުރުން އޮފީސްތަކަށް ޚިދުމަތް ހޯދަންދާ އަންހެނުން ވެސް ތިބެންޖެހޭނީ މޫނު ހާމަކޮށް އެއީ ކާކުކަން އެނގޭ ގޮތަށެވެ.

ޓިޔުނީސިއާގެ 11.69 މިލިއަން މީހުންގެ ތެރޭގައި އެހެން ދީންތަކުގެ މީހުން ހިމެނެނީ ވަރަށް މަދު އަދަދަކަށެވެ. މުސްލިމުންގެ ތެރޭގައި އެންމެ ގިނައީ މާލިކީ މަޒުހަބުގެ މީހުންނެވެ.

 

މިއަދު އޮންލައިން