އުރީދޫ މޯލްޑިވްސް ގެ ޗީފް ފައިނޭންޝަލް އޮފިސަރު އިސްތިޢުފާ ދެއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
އުރީދޫ މޯލްޑިވްސް ގެ ޗީފް ފައިނޭންޝަލް އޮފިސަރު އިސްތިޢުފާ ދެއްވައިފި

އުރީދޫ މޯލްޑިވްސް ޕލކގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނެވި ތަވަބާލަން ޕޫބަލަސިންގަމް ވަނީ ޗީފް ފައިނޭންޝަލް އޮފިސަރު ކަމުންނާއި އުރީދޫ މޯލްޑިވްސް ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރު (އުރީދޫ މޯލްޑިވްސްގެ މައި ހިއްސާދާރު ކަމުގައިވާ ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީ އިން ނޮމިނޭޓްކޮށްފައިވާ ރެޕްރެޒެންޓެޓިވް) ކަމުން އިސްތިޢުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ 13 ޖޫން 2019 ގައެވެ. 

ތަވަބާލަން ޕޫބަލަސިންގަމް މި މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އުރީދޫ ގްރޫޕުގެ ފަރާތުން އިންޑޯސެޓް އުރީދޫ ގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމާ ގުޅިގެންނެވެ. 

ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނެވި އިރު ތަވަބާލަން ޕޫބަލަސިންގަމް ވަނީ އުރީދޫ މޯލްޑިވްސްއިން ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމަށް ކުރާ ދަތުރުގައި އެހީތެރިވެދެއްވައި، ކުންފުނީގައި މިހާރު ބޭނުންކުރަމުން އަންނަ ޕްރޮސެސްތައް ހަރުދަނާކުރުމުގެ އިތުރުން އައު ޕްރޮސެސްތައް ގާއިމުކޮށް، ކުންފުނީގެ ހިންގުން އިތުރަށް ވަރުގަދަ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ހުންނަވައި ކުންފުނި ހިންގުމަށް ތަވަބާލަން ޕޫބަލަސިންގަމް ދެއްވާފައިވާ ލަފަޔާއި އިރުޝާދުގެ ދަށުން ކުންފުނީގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، އިތުރު ކުރިއެރުމާއި ކާމިޔާބު ހޯދުމުގެ މަގު ވަނީ ފަހިކޮށްދެއްވައިފައެވެ. 

ތަވަބާލަން ޕޫބަލަސިންގަމްއަށް އިންޑޯސެޓުގައި މަސައްކަތް ކުރެއްވުމުގެ ފުރުޞަތު ލިބުމާ ގުޅިގެން ވަރަށް ހޫނު މަރުހަބާއެއް ކިޔައި، އެ މަނިކުފާނަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އުރީދޫ މޯލްޑިވްސް އިން ވަނީ އެދިފައެވެ.

 

މިއަދު އޮންލައިން