ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގެ މުސްލިމުން ތައްޔާރުވަމުން އަންނައިރު، ޕާކިސްތާނުގެ ސިންދު އަވަށުގައި ވަރަށް ހިތާމަވެރި ހާދިސާއެއް ވަނީ ހިނގާފައެވެ.
އުމުރުން ދުވަސްވެފައިވާ ބައްޕައެއް، ޙައްޖަށް ދިޔުމަށް ފައިސާ އެއް ކުރުމުން އޭނާގެ ފިރިހެން ދަރިން އެކަމާއި އުފާވުމުގެ ބަދަލުގައި އައީ ރުޅިއެވެ. އެމީހުންގެ ގޮށްމުށުގެ ބާރު އެނިކަމެތި ބައްޕައަށް ދައްކާލިއެވެ.
ޕާކިސްތާނުގެ ނޫހަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އުމުރުން 66 އަހަރުގެ އެބައްޕަ ގައިގާ އޭނާގެ ހަތަރު ފިރިހެން ދަރިން ތަޅާ އަނިޔާކުރީ، އެމީހާގެ ފައިސާއަށްޓަކައެވެ. ރިޕޯޓުގައި ބުނެފައިވަނީ ދުނިޔެވީ އަމިއްލަ ބޭނުންތަކަށް އެމީހުން ބައްޕަގެ ފައިސާ އިސްރާފުކުރަން އުޅެނިކޮށް، އެމީހުންގެ ބައްޕަ ޙައްޖަށް ދިޔުމަށް އެފައިސާތައް ޖަމާކުރީއެވެ.
ދިރިއުޅުމެއްގައި ގިނަ ބަފައިންނަކީ އެމީހުންގެ ދަރިންނަށް އަރާމު، ހަމަޖެހޭ ދިރިއުޅުމެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމުގައި ނުހަނު އިސްރޯލެއް އަދާކުރާ ބައެކެވެ. ބައެއް ފަހަރު ދެ ވަޒީފާ އަދާކޮށްގެން ވެސް އަނބިދަރިންނަށް ކެއިން ބުއިމާއި، ލާނެ އަންނައުނު ހޯދައިދިނުމަށާއި ދަރިންނަށް ތައުލީމު އުނގަންނައިދިނުމަށް ވެސް ބައްޕައިން ނުހަނު ބުރަ މަސައްކަތެއް ކުރެއެވެ. ބަދަލުގައި ހަމައެކަނި ކުރާ އުންމީދަކީ މުސްކުޅިވެ އެބައްޕައިން ގައިގެ ބާރުދެރަވާ ދުވަހު އެމީހުން ރަނގަޅަށް ބެލުމެވެ.
ނަނަވެސް ޕާކިސްތާނުގެ އެއާއިލާއިން ވަނީ، އެމީހުންގެ ބައްޕަ ޙައްޖަށްދާން އެއްވެސް އެހީއެއް ނުވުމުގެ އިތުރުން، އަމިއްލައަށް ޙައްޖަށް ދާން އުޅުމުން އެކަމާވެސް ނުރުހުން ފާޅުކޮށް އެބައްޕައަށް އަނިޔާ ކޮށްފައެވެ.
This Old Father In Sindh Was Beaten Ruthlessly By His Sons For Going To Hajj – While They Wanted His Money! pic.twitter.com/Mid3s2UEp0
— Fahad Khan (@MrFahadKhan) July 6, 2019