ވައިގޮޅިއެއް ތެރެއަށް އުމުރުން ދުވަސްވީ އަންހެނަކު ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ!

ކިޔުމަށް ހޭދަވާނީ 44ސ
ވައިގޮޅިއެއް ތެރެއަށް އުމުރުން ދުވަސްވީ އަންހެނަކު ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ!

މާލޭގެ ގެއެއްގެ ވައިގޮޅިއެއް ތެރެއަށް ވެއްޓި އުމުރުން ދުވަސްވީ އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

 

މާފަންނުގެ ގެއެއްގައި ހިނގި މިހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 76 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވާފައިވެއެވެ.

 

ފުލުހުން ބުނީ މިހާދިސާގައި އަންހެން މީހާގެ ކަނާއަތު ފައިގެ ފަލަ މަސްގަނޑާ ހަމައިން ބިންދައިގެން ގޮސް، ވައަތުފައިގެ ކުޑަހުޅުންވެސް ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ބޮލުގެ ފުއްކިބައިގެ ބައެއް ފަޅައިގެން ދިއުމުގެ އިތުރަށް ބައެއް އެހެން އަނިޔާތައް ވެސް ލިބިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

 

ފުލުހުން ބުނީ ރޭ މެންދަމު 1:30 ހާއިރު ހިނގި މިހާދިސާއާއި ގުޅިގެން އަންހެން މީހާ އަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔައީ ފުލުހުން ކަމަށެވެ.

 

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން