ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ 2 މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ!

ކިޔުމަށް ހޭދަވާނީ 50ސ
ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ 2 މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ!

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

 

މަޖިދީމަގު، ޒިކުރާ މިސްކިތް ކައިރީގައި ދެ ސައިކަލް ޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދިވެއްްސަކަށާއި ބިދޭސީއަކަށެވެ.

 

މި އެކްސިޑެންޓުގައި އަނިޔާވި ދިވެއްސަކީ ޕީއެސްއެމް ނިއުސްގެ ވީޑިއޯ ޓެކްނީޝަނެއް ކަމަށްވާ މުޙައްމަދު ސުހާނެވެ. އޭނާގެ ބޮލަށާއި ކަނދުރާގެ އިތުރުން މޫނަށާއި އަތަށްވެސް އަނިޔާވެފައިވެއެވެ. އޭނާއަށް އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމުގެ ކްރިޓިކަލް ކެއަރގައި ފަރުވާ ދިނުމަށްފަހު، މިހާރުވަނީ އިތުުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

 

މި އެކްސިޑެންޓުގައި އަނިޔާވި ބިދޭސީ މީހާގެ މޫނަށް ވަނީ ވަރަށްބޮޑަށް އަނިޔާވެފައެވެ. އޭނާއަށްވެސް ދަނީ އައިޖީއެމްއެޗްގެ އިމަޖެންސީގައި ފަރުވާ ދެމުންނެވެ.

 

މި އެކްސިޑެންޓު ހިނގާފައިވަނި ރޭ 1:15 ހާއިރުއެވެ. މި އެކްސިޑެންޓުވި ދެ ސައިކަލަށްވެސް ވަރަށް ބޮޑަށް ގެއްލުން ވެފައިވެއެވެ.

މިއަދު އޮންލައިން