ޔަހޫދީ ފުލުހުން މަސްޖިދުލްއަޤްޞާގަ ހުރި ގިނަ އަދަދެއްގެ ލަކުޑި ބިއްތަކެއް ވަގަށް ނަގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ޔަހޫދީ ފުލުހުން މަސްޖިދުލްއަޤްޞާގަ ހުރި ގިނަ އަދަދެއްގެ ލަކުޑި ބިއްތަކެއް ވަގަށް ނަގައިފި

ހައްދުފަހަނައަލާފައިވާ ޔަހޫދީ ފުލުހުން މަސްޖިދުލްއަޤްޞާގަ ހުރި ގިނަ އަދަދެއްގެ ލަކުޑި ބިއްތަކެއް ރޭގެ ވަގުތެއްގައި ވަގަށް ނަގައިފި އެވެ. މިތަކެތި ވަގަށް ނަގާފައިވަނީ މަސްޖިދުލްއަޤްޞާގެ ބާބުއްރަޙްމާ ސަރަޙައްދުންނެވެ. 

ފޮޓޯއިން ފެންނަ ސަރަހައްދަކީ އަންހެނުން ނިވައިވެ ތިބުމަށާއި ކުޑަކުދިންނަށް ކީރިތި ޤްރުއާން އުނގަންނައިދިނުން ފަދަ ކަންކަމަށް ބޭނުންކުރާ ސަރަހައްދެކެވެ.

މަސްޖިދުލްއަޤްޞާއަށް ގެއްލުންދީ އެ ޙަރަމްފުޅު ނައްތައިލުމަށްޓަކައި ޔަހޫދީ ފުލުހުން ގެންދަނީ ދޭތެރެދޭތެރެއިން މިބާވަތުގެ ކަންކަން ކުރަމުންނެވެ. މަސްޖިދުލްއަޤްޞާއަކީ ޔުނެސްކޯއިން ހިމާޔަތްކޮށްފައިވާ ތަނެކެވެ. ނަމަވެސް ހައްދު ފަހަނައަޅާފައިވާ ޔަހޫދީ ފުލުހުން ކުރާ މިބާވަތުގެ އެއްވެސް ކަމަކާއި ގުޅިގެން އެޅޭ އެއްވެސް ފިޔަވަޅެއް އޮންނަ ކަމަކަށް ނުވެއެވެ. 

އަބްރަހާ މައްކާގެ ޙަރަމްފުޅު ނައްތައިލަން ދިއަ ދުވަހު އަބްދުލްމުއްޠަލިބްގެފާނު "ޙަރަމްފުޅުގެ ވެރި ﷲ ޙަރަމްފުޅު ޙިމާޔަތް ކުރައްވަވާނެ" ކަމަށް ވިދާޅުވި ފަދައިން މުސްލިމް ލީޑަރުންވެސް ޔަހޫދީންގެ މިފަދަ އަމަލުތަކާއި ގުޅިގެން ހަމަ އެމޭރުމުން ބުނާ ކަމަށް ޤަބޫލުކުރަން މިވަނީ ޖެހިފައެވެ.

 

މިއަދު އޮންލައިން