16 އަހަރުގެ ކުއްޖެއްގެ މެއަށް ވަޅިހަރާ މެރި 17 އަހަރުގެ ކުއްޖަކު 19 އަހަރަށް ޖަލަށްލުމަށް އިނގިރޭސިވިލާތުގެ ކޯޓަކުން ޙުކުމްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
16 އަހަރުގެ ކުއްޖެއްގެ މެއަށް ވަޅިހަރާ މެރި 17 އަހަރުގެ ކުއްޖަކު 19 އަހަރަށް ޖަލަށްލުމަށް އިނގިރޭސިވިލާތުގެ ކޯޓަކުން ޙުކުމްކޮށްފި

16 އަހަރުގެ ކުއްޖެއްގެ މެއަށް ވަޅިހަރާ މެރި 17 އަހަރުގެ ކުއްޖަކު 19 އަހަރަށް ޖަލަށްލުމަށް އިނގިރޭސިވިލާތުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. 

އުމުރުން 16 އަހަރުގެ ސިދަލި މުޙައްމަދުގެ މެއަށް އުމުރުން 17 އަހަރުގެ ލައައުލް ޢަލީ ވަޅިހެރީ ސްކޫލް ކޮމްޕައުންޑް ކައިރީގައި މިއަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. ދެކުދިންގެ މެދުގައި ކުރެވުނު ޒުވާބެއްގެތެރެއިންނެވެ. ޢަލީ ހޮސްޕިޓަލަސް ގެންދެވުނު އިރުވެސް ވަނީ މަރުވެފައެވެ. 

މިކަމާއި ގުޅިގެން ބަންޑާރަ ނައިބުގެ ވަކީލް ބުނެފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖަކަށް މިފަދަ ޙުކުމެއް އިއްވަން ޖެހުނީ މިފަދަ ކަންކަން ތަކުރާރުވިއަ ނުދިނުމަށް ކަމަށެވެ. 

އިނގިރޭސިވިލާތަކީވެސް އދ ގެ މެންބަރެކެވެ. އިންސާނީ ޙައްޤުތަކަށާއި ކުޑަކުދިންގެ ޙައްޤުތަކަށް އެންމެ ވަރުގަދައަށް ވަކާލާތުކުރާ އެއް ޤައުމެވެ.

 

މިއަދު އޮންލައިން