އަންހެނުންގެ ހޮސްޕިޓަލަކުން ތުއްތު ކުއްޖަކު ވަގަށް ނަގައި ވިއްކާލަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
އަންހެނުންގެ ހޮސްޕިޓަލަކުން ތުއްތު ކުއްޖަކު ވަގަށް ނަގައި ވިއްކާލަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

ކަޒަކިސްތާނުގެ އަނހެނުންގެ ހޮސްޕިޓަލަކުން ތުއްތު ކުއްޖަކު ވަގަށް ނަގައި ވިއްކާލަން މަސައްކަތްކުރި 22 އަހަރުގެ އަނހެނަކު ހައްޔަރުކޮށްފިއެވެ. 

ރިޕޯޓްތައް ބުނާ ގޮތުން ކުއްޖާ ވަގަށް ނެގީ މީގެ ކުޑަދުވަސްކޮޅެއް ކުރިން ހޮސްޕިޓަލުގައި ކުއްޖަކު ވިހައިފައިވާ އަންހެނެކެވެ. އޭނާ ވޯޑަށް ވަދެގެން ދިއައިރު ނުހުއްޓުވީ ފަރުވާ ހޯދަން އައިސް އުޅެނީ ކަމަށް ބަލައިގެންނެވެ. ކުއްޖާ ވަގަށް ނެގީ މަންމައަށް ފޯނެއް އައުމުން ބެލްކަނީއަށް ނުކެލިވަގުތުއެވެ. ކުއްޖާ ގެންދިއައީ އޭނާ ގެންގުޅުނު ދަބަހަކަށް ލައިގެންނެވެ. 

ފުލުހުން ބުނީ މައުލުމާތު ލިބުމާއި ގުޅިގެން ހޯދަން ކުރި މަސައްކަތުން އަންހެން މީހާ އަތުލައިގަނެވުނީ ހޮޓަލަކަސް ގޮސް ކުއްޖާ ވިއްކާލަން ޑީލް ހަދަމުން ދަނިކޮށް ކަމަށެވެ. 

ބޭރު ޤައުމުތަކަސް ވިހަން ދާ އަންހެނުން މިފަދަ މައްސަލަތަކަށް ހޭލުންތެރިވުން ބުއްދިވެރިކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން