ބާލީއަށް މިއަދުވެސް ބާރުގަދަ ބިންހެލުމެއް އައުމާ ގުޅިގެން ހޮޓާތައް ހުސްކޮށް ސްކޫލްތައް ބަންދުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
ބާލީއަށް މިއަދުވެސް ބާރުގަދަ ބިންހެލުމެއް އައުމާ ގުޅިގެން ހޮޓާތައް ހުސްކޮށް ސްކޫލްތައް ބަންދުކޮށްފި

ބާލީއަށް މިއަދުވެސް ބާރުގަދަ ބިންހެލުމެއް އައުމާއި ގުޅިގެން ފަތުރުވެރިން ތިބޭ ހޮޓާތައް ހުސްކޮށް ސްކޫލްތައް ބަންދުކޮށްފި އެވެ.

މިއަދު ހެނދުނު 8.20 ހައިއިރު ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 6.2 ގެ ބާރުމިނުގައެވެ. 10 ސިކުންތެއްހައިއިރު އިމާރާތްތަކަށް ލޮޅުން އެރިއެވެ. މިއަދުގެ ބިންހެލުން އައިސްފައިވަނީ ބާލީ އާއި 100 ކިލޯ މީޓަރު ދުރުން ކަނޑިއަޑިއަށް އައި ލޮޅުމަކުންނެވެ.

ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމަށް އަދި ނުބެލެވޭތީ އިންޒާރެއް އަދި ނުނެރެއެވެ. މިއަދުގެ ބިންހެލުމާއި ގުޅިގެން މާބޮޑު ގެއްލުމެއްވެސް ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން