ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން 7 އަހަރުގެ ފަލަސްޠީނު ކުއްޖެއްގެ ގައިގައި ވެހިކަލުން ޖެއްސުމަށްފަހު ކުއްޖާގެ ގައިމަތިން ވެހިކަލް ދުއްވައި ޝަހީދުކޮށްލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ކުއްޖާ ޝަހީދުކޮށްލާފައިވަނީ ރޭގެ ވަގުތެއްގައި އަލްޚަލީލް ސިޓީގެ ހުޅަނގު ސަރަހައްދުގައެވެ.
ހައްދުފަހަނައަޅާފައިވާ ޔަހޫދި ސިފައިން ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައިހުރި އުމުރުން 31 އަހަރުގެ ނާޞިރު މަޖީދު މިއަދު ވަނީ ކުއްލި ގޮތަކަސް ނިޔާވެފައެވެ. އޭނާގެ ޢާއިލާއިން ބުނަނީ އޭނާއަކީ އެއްވެސް ބައްޔެއް ހުރި ޒުވާނެއް ނޫން ކަމަށެވެ. މިފަދަ މައްސަލަތަކުގައިވެސް އިންޞާފު ހޯދަން ފަލަސްޠީނު ރައްޔިތުންނަށް ކުރެވޭ އެއްވެސް ކަމެއް ނުއޮވެއެވެ.
