ބ. ފުޓްބޯލް ޗެލެންޖުގެ ފައިނަލުމެޗު މާދަމާ ހަވީރު..

ކިޔުމަށް ހޭދަވާނީ 33ސ
ބ. ފުޓްބޯލް ޗެލެންޖުގެ ފައިނަލުމެޗު މާދަމާ ހަވީރު..

ފޯރސީޒަން ލަނޑާގިރާވަރުން އިންތިޒާމުކޮށް، ވެސްޓްވިންގ އޭދަފުށީގެ އެހީތެރިކަމާއެކު ބާއްވާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުމެޗު މާދަމާ ހަވީރު އޮންނާނެއެވެ.

މިއަހަރުގެ މުބާރާތުގެ ފައިނަލު މެޗުގައި ބައްދަލުކުރަނީ މުބާރާތުގެ ފުރަރަމަ މެވުގައިވެސް ބައްދަލުކުރި ގޮއިދޫ އާއި އޭދަފުއްޓެވެ. އެމެޗުގައި ފަހަތުންއަރާ ގޮއިދޫ ބަލިކޮށް އޭދަފުށިން ކުރި ހޯދި އިރު، މި ފެޓީމުވެސް ފައިނަލަށް އައިސްފައިވަނީ ކުޅުނު މެޗުތައް ކާމިޔާބުކޮށްގެންނެވެ.

ޗެމްޕިއަން ޓީމަށް 30000 ރުފިޔާ ހުށަހަޅައިގެން ބާއްވާ މި މުބާރާތަކީ ރިސޯޓަކުން އިސްނަގައިގެން ބ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ. އަދި މި މުބާރާތުގައި މިއަހަރުވަނީ 11 ރަށަކުން ބައިވެރިވެފައެވެ.

މިއަދު އޮންލައިން