ބ. ފުޓްބޯލް ޗެލެންޖުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލާނީ ކޮންބައެއް؟

ކިޔުމަށް ހޭދަވާނީ 1މ 34ސ
ބ. ފުޓްބޯލް ޗެލެންޖުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލާނީ ކޮންބައެއް؟

އޭދަފުށީ ޓަރފް ފުޓަބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅޭ ބ. ފުޓްބޯޅަ ޗެލެންޖުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލާނީ ކޮންބައެއްކަން ބުނަން އަދިނޭނގުނަސް، މިއީ ދެޓީމަށްވެސް މުހިންމު ތައްޓެކެވެ. 

މި މުބާރާތުގެ ފައިނަލު މެޗުގައި ބައްދަލުކުރާ އޭދަފުއްޓާއި ގޮއިދޫއަކީ ކުޅިވަރުގައި ވާދަވެރި ދެރަށެވެ. މިތަށި އެދެޓީމަށްވެސް ޚާއްޞަވަނީ މުބާރާތްހުޅުވި މެޗުގައިވެސް މިދެޓީމު ބައްދަލުކޮށްފައިވުމާއި އެއްވެސް މެޗަކުން ބަލިނުވެ، ފައިނަލުގައި ވާދަކުރުމެވެ.

މީގެ އިތުރުން އޭދަފުއްޓަކީ ފުޓްބޯޅައިގާ ނަން މަޝްހޫރު ކުޅު ްތެރިން ނިސްބަތްވާ ރަށަކަށްވުމާއި ކްލަބުފެންވަރިގައާއި ޤައުމީ ފެންވަރުގައިވެސް ނަން މަޝްހޫރު ކުޅުންތެރިން ހިމެނޭ ރަށެކެވެ. 

ޤައުމީ ފެންވަރުގައި މިހާރުކުޅެމުންއަންނަ ކުޅުންތެރިން މި މުބާރާތުގައި ނުކުޅުނަސް، އެފެންވަރިގައި ކުޅެމުންއަންނަ ކުޅުންތެރިންގެ ޢާއިލާއަށް ނިސްބަތްވާ ކުޅުންތެރިން އޭދަފުށީ ޓީމުގައި ހިމެނެއެވެ. އަދި އެކުޅުންތެރިން އަންނަނީ ފެންވަރުވެސް ދައްކަމުންނެވެ. 

ޓީމަށް އިރުޝާދު ދިނުމަށްތިބީވެސް ތަޖުރިބާކާރުންނެވެ. އޭގެތެރޭގައި ފުޓްބޯޅައިން ރާއްޖެއަށް ފުރަތަމަ ރިހި މެޑަލް ހޯދި ޓީމުގެ ދިފާޢީ ތަނބު ޢަބްދުލްވާހިދު (ވާޑު) އާއި ޢަބްދުލްމަޖީދު ޙަސަން (ކެޕްޓަން މަޖީދު) ހިމެނެއެވެެ.

އެހެންކަމުން އެމީހުންގެ ތަޖުރިބާއާއި ޒުވާން ކުޅުންތެރިންގެ ހުނަރާއެކު އަމިއްލަ ދަނޑުގައި ކުޅެންޖެހުމަކީ އޭދަފުށި ޓީމަށް އޮތް އެޑްވާންޓޭޖަކަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ދެން އޮތީ ގޮއިދޫއެވެ. ފުޓްބޯޅައިގާ އޭދަފުށީގެ މައްޗަށް މާބޮޑު ކާމިޔާބީއެއް ހޯދިފައިނެތަސް ކުޅިވަރުގެ މައިދާނުގައި ނަން ހިނގާ ރަށެކެވެ. ޚާއްޞަކޮށް ވޮލީގައެވެ.

މުބާރާތުގެ ފުރަތަމަ މެޗުން އޭދަފުށިއަތުން ބަލިވެފައިވާތީ އާއި ފުރަތަމަ މުބާރާތުގެ ފުރަތަމަތަށި އުފުލާލާ ފުޓްބޯޅައިގާ ގޮއިދޫއަކީވެސް ދޫނުދޭނެ ރަަށެއްކަން ސާބިތުކޮށްދިނުމަށް މިއަދު ގޮއިދޫެއިން ގަދައަޅާ މަސައްކަތް ކުރާނެކަން ޔަޤީނެވެ.

ކޮންމެއަކަސް ތަށި އުފުލާލާނެ ޓީމެއް އިނގޭނީ މެޗު ނިމުމުންނެވެ. 

މިއަދު އޮންލައިން