ޝިލްޕާ ޝެޓީގެ އެނބުރި އައުން, ލިޔުންތެރިއެއްގެ ރޯލުން...

ކިޔުމަށް ހޭދަވާނީ 49ސ
ޝިލްޕާ ޝެޓީގެ އެނބުރި އައުން, ލިޔުންތެރިއެއްގެ ރޯލުން...

މަޝްހޫރު ބޮލީވުޑް ސްޓާރ ޝިލްޕާ ޝެޓީ އެތައް އަހަރަކަށްފަހު، އަނެއްކާވެސް ފިލްމަކުން ފެންނަށް ތައްޔާރުވެފައިވާކަމަށް ޚަބަރުތައް ބުނެފިއެވެ.

 

ފިލްމީ ކަންތަކާއި ދުރުގައި ހުރިނަމަވެސް ޝިލްޕާ އަންނަނީ ރިއަލިޓީ ޝޯވތަކުގައި ޖަޖެއްގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން ޑާންސް ރިއަލިޓީ ޝޯވ "ސުޕަރ ޑާންސް ޗެޕްޓަރ 3" ގެ ފަނޑިޔާރުކަން ވަނީ ކޮށްފައެވެ.

 

ޚަބަރުތައް ބުނާގޮތުން ލިޔުންތެރިއެއްގެ ރޯލުން ޝިލްޕާ ފެނިގެންދާ މިފިލްމަކީ ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އަދި ދިލްޖީތް ދޯޝަން އާއި ޔާމީ ގޯތަމްވެސް ފެނިގެންދާ މި ފިލްމްގެ ޝޫޓިންގ ވަރަށް އަވަހަށް ފަށާނެއެވެ.

 

ޝިލްޕާގެ ފިލްމެއް އެންމެ ފަހުން ފެނުނީ ދަރްމެންދްރާ، ސަނީ ޑިއޯލް، ބޮބީ ޑިއޯލް އަދި ކެޓްރީނާ ކެއިފް އާއެކު 2007 ވަނަ އަހަރު ރިލީޒް ކުރި " އަޕްނޭ" އިންނެވެ.

މިއަދު އޮންލައިން