ބ. ފުޓްބޯލް ޗެލެންޖު ފުރަތަމަ ފުޓްބޯޅަ މުބާރާތުގެ ރަންބޫޓު ހޯދާނީ ކިތުނާތަ ނޫނީ ފާއްޓޭތަ؟

ކިޔުމަށް ހޭދަވާނީ 42ސ
ބ. ފުޓްބޯލް ޗެލެންޖު ފުރަތަމަ ފުޓްބޯޅަ މުބާރާތުގެ ރަންބޫޓު ހޯދާނީ ކިތުނާތަ ނޫނީ ފާއްޓޭތަ؟

އޭދަފުށީގައި މިއަދު ހަވީރު ނިމޭ ބ. ފުޓްބޯލް ޗެލެންޖު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ރަންބޫޓު ނުވަތަ އެންމެގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދާނީ ކޮން ކުޅުންތެރިއެއްބާއެވެ.

 

މުބާރާތުގެ ފައިނަލު މެޗާއިހަމައަށް އައި އިރު، އެންމެ ގިނަ ގޯލު ޖަހައިގެން ރަންބޫޓު ނެގުމުގެ ފުރުޞަތު ގޮއިދޫ އަދި އޭދަފުއްޓަށްވެސް އެބައޮތެވެ.

 

އެގޮތުން ގޮއިދޫގެ އާދަމް އާޒިމް (ކިތުނާ) 10 ގޯލު ޖަހާފައިވާ އިރު، އޭދަފުށީގެ މުޙައްމަދު ފާސިރު (ފާއްޓޭ) ވަނީ 8 ގޯލު ޖަހާފައެވެ. އެހެންކަމުން މިއިން ކޮންމެ ކުޅުންތެރިއަކަށްވެސް ރަންބޫޓު އުފުލާލުމުގެ ފުރުޞަތު އެބައޮތެވެ.

 

މީގެ އިތުރުން ގޮއިދޫގެ އިބްރާހިމް މާޖިދު 6 ގޯލު، އޭދަފުށިގެ ޢަލީ ޝާއިން 5 ގޯލު ޖަހާފައިވާ އިރު، މިއީވެސް ފުރުޞަތު އޮތް ކުޅުންތެރިންނެވެ. ނަމަވެސް މެޗުގެ އޮއިވަރު ދާގޮތަކުންނެވެ.

މިއަދު އޮންލައިން