200 މީޓަރުގެ ފްރީ ސްޓައިލް ފެތުމުގެ ޤައުމީ ރެކޯޑު އައުކޮށްފި

ކިޔުމަށް ހޭދަވާނީ 30ސ
200 މީޓަރުގެ ފްރީ ސްޓައިލް ފެތުމުގެ ޤައުމީ ރެކޯޑު އައުކޮށްފި

200 މީޓަރުގެ ފްރީ ސްޓައިލް ފެތުމުގެ ޤައުމީ ރެކޯޑު އައުކޮށްފިއެވެ.

ފިރިހެނުންގެ (މޯންގ ކޯސް) ޤައުމީ ރެކޯޑު އައުކުރީ މުބާލް ޢައްޒާމް އިބްރާހިމްއެވެ.

ކުރިންވެސް މި ރެކޯޑު އޮންނަ މުބާލް މިފަހަރު ރެކޯޑު އައުކުރީ މިމަހުގެ 12ން 28އަށް ކުރިއަށްދާ 18 ވަނަ ފީނާ ވަރލްޑް ޗެމްޕިއަންޝިޕްގައި ވާދަކޮށް 2 މިނެޓު 09.06 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެންނެވެ. 

މުބާލް މީގެ ކުރިން ރެކޯޑުހަދާފައިވަނީ 2018 ވަނަ އަހަރުއޮތް 18 ވަނަ އޭޝިއަން ގޭމްސްގައެވެ. އެފަހަރު އޭނާ އިވެންޓު ނިންމީ 2 މިނެޓު 11.26 ސިކުންތުންނެވެ.

މިއަދު އޮންލައިން