ދިހަހާސް މީޓަރުގެ ޤައުމީ ރެކޯޑު މަރީ މުގުރާލައިފި

ކިޔުމަށް ހޭދަވާނީ 36ސ
ދިހަހާސް މީޓަރުގެ ޤައުމީ ރެކޯޑު މަރީ މުގުރާލައިފި

ރާއްޖޭގެ ދިހަހާސް މީޓަރުގެ ދުވުމުގެ ޤައުމީ ރެކޯޑު މަރިޔަމް ޢަބްދުލްކަރީމް (މަރީ) މުގުރާލައިފިއެވެ.

އޭނާ މިރެކޯޑު މުގުރާލީ މޮރިޝަސްގައި މިހާރުކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިއަދު ދުވެގެންނެވެ. 

މިއަދުގެ ދުވުމުގެ ހީޓުގައި 6 ވަނައަށް މަރީ ރޭސް ނިންމީ 42 މިނެޓު 44.80 ސިކުންތުންނެވެ. 

މިރެކޯޑު ކުރިންއޮތީ 45 މިނެޓު 12.36 ސިކުންތުން ދިހަހާސް ކިލޯ މީޓަރު ނިންމި ސަމްހާ އަޙްމަދު އަތުގައެވެ. އޭނާ އެ ރެކޯޑު ހެދީ 2015 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި  އައިއޯއައިޖީ މުބާރާތުގައެވެ. 

ރާއްޖޭގައި މިހާރުތިބި އަންހެން އެތްލީޓުންގެ ތެރޭގައި ހިމެނޭ މަރީއަކީ 5 ކިލޯމީޓަރާއި 10 ކިލޯމީޓަރާއި 21 ކިލޯމީޓަރު އަދި 42 ކިލޯމީޓަރުގެ ރެކޯޑުވެސް އޮތް ކަނބަލެކެވެ.

މިއަދު އޮންލައިން