ދުއިސައްތަ މީޓަރު ބެކްސްޓްރޯކް ރާއްޖޭގެ ޤައުމީ ރެކޯޑު އައުކޮށްފި

ކިޔުމަށް ހޭދަވާނީ 29ސ
ދުއިސައްތަ މީޓަރު ބެކްސްޓްރޯކް ރާއްޖޭގެ ޤައުމީ ރެކޯޑު އައުކޮށްފި

200 މީޓަރު ބެކްސްޓްރޯކް ރާއްޖޭގެ ޤައުމީ ރެކޯޑު އައުކޮށްފިއެވެ.

މި ރެކޯޑު އައުކުރީ މޮރިޝަސްގައި މިހާރުކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ ފެތުންތެރިޔާ މުޙައްމަދު އާން ޙުސައިންއެވެ.

މިމަހުގެ 19ން 28އަށް ކުރިއަށްދާ މި ގޭމްސްގައި އޭނާ މި އިވެންޓު ފުރިހަމަކޮށްފައިވަނީ 02.43.71ންނެވެ.

2018 ވަނަ އަހަރު ބޭއްވި އޭޝިއަން ގޭމްސްގައި މި އިވެންޓުގައި ފުރަތަމަފަހަރަށް ރާއްޖެ ވާދަކޮށް އޭނާ މިއިވެންޓު ފުރިހަމަކޮށްފައިވަނީ 02.47.36ންނެވެ.

މިއަދު އޮންލައިން