އައިއޯއައިޖީ ބެޑްމިންޓަން: ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާރ ރިހި މެޑެލް ހޯދައިފި

ކިޔުމަށް ހޭދަވާނީ 54ސ
އައިއޯއައިޖީ ބެޑްމިންޓަން: ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާރ ރިހި މެޑެލް ހޯދައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ބެޑްމިންޓަންގައި ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާރ ރިހި މެޑެލް ހޯދައިފިއެވެ.

ބެޑްމިންޓަން އަންހެން އޯޕަން ޑަބަލްސް އިވެންޓުން ރާއްޖޭގެ ދެބެން ނަބީހާ ޢަބްދުލްރައްޒާގާއި ނަބާހާ ޢަބްދުލްރައްޒާގުގެ ޕެއާރ މިއަދު ކުޅުނު ފައިނަލް މެޗުން ބަލިވީ މޮރީޝަސްގެ އޯރެލީ އަލެޓް އާއި ކޮބިޓާ ޑޫޚީގެ ޕެއާރ އާ ވާދަކޮށް ސީދާ ދެސެޓުންނެވެ.

މި މެޗުން ރާއްޖެ ބަލިވިޔަސް ރަނގަޅުކުޅުމެއް ދައްކާފައިވާ އިރު، ފުރަތަމަ ސެޓު މޮރިޝަސްގެ ޕެއާރ 21-18ން ގެންދިޔަ އިރު، ދެވަނަ ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު މޮރިޝަސްގެ ޕެއާރ ކާމިޔާބުކުރީ 23-21 އިންނެވެ.

މިއަހަރުގެ އައިއޯއައިޖީގައި ރާއްޖޭގެ ބެޑްމިންޓަން ޓީމުން ވަނީ މިކްސް ޑަބަލްސްއިން ރާއްޖޭގެ މުހައްމަދު އަޖުފާން ރަޝީދާއިމައިސާ ފަތުހުﷲގެ ޕެއާރ ލޯ މެޑަލް ހޯދާފައެވެ. އަދި ޓީމު އިވެންޓުން ރާއްޖޭގެ ފިރިހެން އަދި އަންހެން ޓީމުވެސް ވަނީ ލޯ މެޑަލް ހޯދާފައެވެ.

 
މިއަދު އޮންލައިން