ހަރުފައެއް މަޖިލިސްކުރާގެއަށް ވަދެ ހުރިހާ މެންބަރުން ބޭރުކޮށްލައިފިއެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު ނައިޖީރިއާގައެވެ.
މެންބަރުން ބުނީ މަޖިލިސްކުރާ ގޭތެރެއިން ބޮޑު ހަރުފައެއް ފެނުނީ ކުއްލިއަކަށް ކަމަށާއި ހަރުފަ ފެނުމުން ހުރިހާ މެންބަރުން ބިރުން ދުވެފިލީ ކަމަށެވެ. "އެއިރު އެއްބައި މެންބަރުން ތިބީ އެތެރޭގަ. އަނެއްބައި މެންބަރުން ދިއައީ ވަންނަން. ފެނުނީ ކުއްލިއަކަށް ބިޔަ ހަރުފައެއް މަޖިލިސްކުރާ ގޭތެރެއިން ބޭރަށް ނުކުތްތަން. ދެން ހުރިހާ މެންބަރުންތައް ގައި ހުރި ބާރެއްލާފައި ސަލާމަތްވާން ދުވީ."
ސެކިޔުރިޓީން ބުނީ ހަރުފަ އެތެރެއަށް ވަދެފައިވަނީ ފުރާޅުދަށުން ކަމަށެވެ. ސެކިޔުރިޓީން ވަނީ ހަރުފަ އަތުލައިގްނެ މަރާލައިފައެވެ.