އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބިއްޖެ!

ކިޔުމަށް ހޭދަވާނީ 1މ 22ސ
އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބިއްޖެ!

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބިއްޖެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ އައޯއައިޖީ ރާއްޖޭގައި ބޭއްވުމަށް މިއަދު ބޭއްވި އައިއޯއައިޖީ ގެ ކައުންސިލް ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ.

 

މި ފުރުސަތު ރާއްޖެއަށް ލިބިފައިވަނީ މަޑަގަސްކަރައާއި ކޮމޮރޯސްއާ ވާދަކޮށް ބިޑު ކާމިޔާބު ކޮށްގެނެވެ. ރާއްޖެއަށް މިކަން ކާމިޔާބުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިސްވެ ހުންނަވައިގެން އެމަނިކުފާނުގެ ޚާއްސަ މަންދޫބުންގެ ގޮތުގައި ވަޒީރުން ޤައުމުތަކަށް ފޮނުވައިގެން ކުރެއްވި މަސައްކަތްތަކުންނެވެ. އެގޮތުން އެމަމަނިކުފާނުގެ މަންދޫބުންގެ ގޮތުގައިޤައުމުތަކަށް ވަޑައިގެންނެވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، ޔޫތު މިނިސްޓަރ އަޙުމަދު މަޙުލޫފެވެ.

 

ރައީސް ޞާލިޙު ވިދާޅުވެފައިވަނީ މި ގޭމްސް ރާއްޖެގައި ބާއްވާއިރު ސަރުކާރުން ސީދާ އެ މުބާރާތްތަކަށް އަމާޒުކޮށްގެން، ބޮޑެތި ޚަރަދުތަކެއް ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅުވައިގެން، އެ މުބާރާތް ރާއްޖޭގައި ބޭއްވުމުން ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

 

 

މިއަދު އޮންލައިން