އައިއޯއައިޖީގެ ޓީޓީ ސިންގަލްސް ފައިނަލަށް ރާއްޖޭގެ ދީމާ އާއި ރަފާ.. ރަން އަދި ރިހި މެޑެލްވެސް ރާއްޖެއަށް

ކިޔުމަށް ހޭދަވާނީ 1މ 5ސ
އައިއޯއައިޖީގެ ޓީޓީ ސިންގަލްސް ފައިނަލަށް ރާއްޖޭގެ ދީމާ އާއި ރަފާ.. ރަން އަދި ރިހި މެޑެލްވެސް ރާއްޖެއަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓޭބަލް ޓެނިހުގެ އަންހެން ސިންގަލްސް ފައިނަލުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް ޖާގަ ހޯދައިފިއެވެ.

މި ދެކުޅުންތެރިން ފައިނަލުން ޖާގަ ހޯދުމުން ރަން އަދި ރިހި މެޑެލްވެސް ރާއްޖެއަށްވަނީ ޔަޤީންވެފައެވެ.

މި ފައިނަލާއެކު މިއަހަރުގެ އައިއޯއައިޖީގައި ރާއްޖޭން ހޯދަން ކަނޑައެޅި ޢަދަދަށް މިވަނީ ވާޞިލުވެފައެވެ. ރާއްޖެއިން ކަނޑައަޅާފައިވަނީ 15 މެޑެލް ހޯދުމަށެވެ. 

މި 15 މެޑެލްގެ ތެރެއިން ތިން ރަން މެޑަލް ހޯދައިދިނީ ޓޭބަލް ޓެނިހުންނެވެ. އެއީ މިއަދުގެ ރަން މެޑެއްޔާއި ދީމާ އާއި ރަފާ ހޯދައިދިން ވިމެންސް ޑަބަލްސް ރަން މެޑެއްޔާއި އެ ދެ ކުޅުންތެރިންނާއި މުއީނާ މުހައްމަދު އަދި ފާތިމަތު ޖުމާލާ ނިމާލް ހިމެނިގެން އަންހެން ޓީމުން ހޯދި ވިމެންސް ޓީމު ރަން މެޑެއްޔެވެ. 

ރާއްޖެއަށް ރަން މެޑަލް ދެން ހޯދައިދިނީ ބެޑްމިންޓަން ވިމެންސް ސިންގަލްސް ބައިން އައިމިނަތު ނަބީހާ އަބްދުއްރައްޒާގެވެ.

ބައިނަލްއަޤުވާމީ ގޭމްސްއެއްގައި، ރާއްޖޭގެ އިންޑިވިޖުއަލް ކުޅިވަރަކުން އެއްއިވެންޓަކުން ރަން މެޑެއްޔާއި ރިހި މެޑަލް ހޯދި ހަމައެކަނި ކުޅިވަރަށްވެ ބުދަ ދުވަހު ޤާއިމްކުރި ރެކޯޑަށް މިއަދު މިވަނީ ބޮޅެއް އިތުރުވެފައެވެ،

މިއަދު އޮންލައިން