ވިހިވިހީގައި ޓޯކިޔޯގައި ބާއްވާ އޮލިމްޕިކްސްގެ މެޑެލްތައް ތިމާވެއްޓަށް ހޭލުންތެރި ކުރުވުމަށް..

ކިޔުމަށް ހޭދަވާނީ 50ސ
ވިހިވިހީގައި ޓޯކިޔޯގައި ބާއްވާ އޮލިމްޕިކްސްގެ މެޑެލްތައް ތިމާވެއްޓަށް ހޭލުންތެރި ކުރުވުމަށް..

2020 ވަނަ އަހަރު ޓޯކިޔޯގައި ބާއްވާ އޮލިމްޕިކްސްގައި ބޭނުންކުރާ މެޑަލްތައް ހަދާފައިވަނީ ތިމާވެއްޓަށް ހޭލުންތެރި ކުރުވުމަށްކަމަށް ޔޫއެސް ޓްޑޭ އިން ބުނެފިއެވެ.

 

އެގޮތުން މެޑެލްތައް ހެދުމަށް ބޭނުންކޮށްފައިވަނީ 80000 ޓަނުގެ ރީސައިކްލް މޮބައިލް ފޯނާއި އިލެކްޓްރޯނިކް ސާމާނުކަމަށާއި މިއީ އެކި ފަރާތްތަކުން ހަދިޔާކޮށްފައިވާ ނުވަތަ އެކި ހިސާބުތަކުގައި ކުއްޔަށްވާން ދޫކޮށްލާފައިވާ ސާމާނުކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.

 

       

 

މި އޮލިމްޕިކްސް ބާއްވަން އަހަރަކަށް ގާތްވެފައިވާ އިރު، ޔޫއެސް ޓްޑޭގައި ބުނެފައިވަނީ މެޑެލް ހެދުމަށް ހޯދި ހުރިހާ ސާމާނަކީވެސް ޖަޕާނުގެ އެކި ސަރަޙައްދުތަކުން ހޯދި ތަކެތިކަމަށެވެ. އަދި އޭގެ ތެރޭގައި 6 މިލިއަން މޮބައިލް ފޯނު ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

 

މެޑެލްތައް ހެދުމުގެ މަސައްކަތް ވަރަށްބާރަށް ކުރިއަށްދާ ކަމަށާއި އޮލިމްޕިކްސް ފެށެންވާ އިރަށް ހުރިހާ މެޑެލްތައްވެސް ތައްޔާރުވާނެކަމަށްވެސް ވަނީ ބުނެފައެވެ.

މިއަދު އޮންލައިން