އެމެރިކާ އެއާފޯސްގެ ގިނަ ބައަކު ވަނީ އިސްލާމްވެފައެވެ. މިހާރުވެސް ގިނަ ބައަކު ދަނީ އިސްލާމް ވަމުންނެވެ. އިސް އޮފިސަރަކު ބުނީ އިސްލާމެވެގެން ތިބި ހުރިހާ އޮފިސަރުންނަށް އެކަން ހާމަކުރެވެން ނެތީ ސަރުކާށރުން އެމީހުންގެ ވަޒީފާއަށް ގޯނާކޮށް ޖެއްސުންކުރާނެތީ ކަމަށެވެ. ޢައިލާ އާއި ބައްދަލު ނުކުރެވޭނެ ގޮތަށް ދުރު ޤައުމުތަކަށް ފޮނުވައިލާތީ ކަމަށެވެ.
މި ފަދަ ދަތިތަކާއިއެކުވެސް މުސްލިމް އޮފިސަރުންގެ ބިރު ވަނީ ކެނޑިފައެވެ. މައި މަރުކަޒުގައި ދީނީ ދަރުސް ދިނުން ފަދަ ކަންކަން ވެސް ގެންދަނީ ކުރަމުންނެވެ. ނަމާދުކުރާނެ ތަން ހަދައިގެން ނަމާދުވެސް ކުރަނީއެވެ.

ފޮޓޯ: އެއާ ފޯސް ހެޑްކްއާޓަރސްގަ ނަމާދުކުރަނީ

ފޮޓޯ: އެއާ ފޯސް ހެޑްކްއާޓަރސް ތެރޭ ދަރުސް ދެނީ
މިފޮޓޯގައި ދަރުސް ދޭން ހުރި އޮފިސަރު ބުނީ އޭނާ މުސްލިމަކަށްވުމުގެ އަޒުމް ކަނޑައެޅީ އުމުރުން އެންމެ 17 އަހަރުގައި ކަމަށެވެ. ހަމަ އެ އަހަރު އެމެރިކާ އެއާފޯސްއާއި ގުޅެން ވެސް ޢަޒުމް ކަނޑައެޅީ ކަމަށެވެ.

ފޮޓޯ: އިސްލާމްވެގެން ހުރި އަންހެން އޮފިސަރެއް
އިސްލާމްވަމުން ދަނީ ހަމައެކި ފިރިހެން އޮފިސަރުންނެއް ނޫނެވެ. އަންހެން އޮފިސަރުންވެސް ދަނީ އިސްލާމްވަމުންނެވެ. ފޮޓޯގައި އެވަނީ އިސްލާމްވެގެން ހުރި އަންހެން އޮފިސަރެކެވެ. އޭނާ ބުނާ ގޮތުން ވަޒީފާގެ ގޮތުން އޭނާއަށް އެއާފޯސްގައި ޚިދުމަތްކުރަން ޖެހުނު ނަމަވެސް މަސައްކަތްކުރަނީ ވަރަށް ބޮޑަށް ކަންބޮޑުވެ ހުރެއެވެ. އެންމެ ބޮޑު ސަބަބަކީ ދަރިންނާއިއެކުގައި ވަގުތު ހޭދަކޮށް އިސްލާމް ދީނުގައި ތަރުބިއްޔަތު ކުރުމަށް ލިބޭ ވަގުތު މަދުކަމެވެ.
ކަންކަން މިގޮތަށް ކުރިއަށް ދާނަމަ ﷲ ތައާލާގެ ވާގިފުޅާއިއެކު އެމެރިކާ ސަރުކާރު އިސްލާމް ދީނާއި ދެކޮޅަށް ތެޅިތެޅި އޮއްވައި އެމެރިކާގެ ރައްޔިތުން އިސްލާމްވެ ނިމޭނެއެވެ.